ޑީއާރުޕީ ޕްރައިމަރީގައި އަބްދުﷲ ކަމާލުއްދީންގެ މައްޗަށް އަސްއަދު ޝަރީފު ކުރި ހޯއްދަވައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން މައްޗަންގޮޅީ ދެކުނު ދާއިރާގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ރޭ ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މާލޭ މެންބަރު މއ. އެވަލާސްޓް އަބްދުﷲ ކަމާލުއްދީންގެ މައްޗަށް ކުރީގެ ފިލްމީ ތަރި މއ. ލޮޓަސް އަސްއަދު ޝަރީފު ކާމިޔާބު ހޯއްދަވައިފި އެވެ.ރޭ ސޯސަލް އެޑިޔުކޭޝަން ސެންޓަރުގައި އޮތް ޕްރައިމަރީގައި އަސްއަދަށް 115 ބޭފުޅުން ތާއީދު ކުރެއްވި އިރު ކަމާލުއްދީނަށް  ތާއީދު ކުރެއްވީ 30 ބޭފުޅުންނެވެ.އަސްއަދު މިރޭ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އޭނާ އަށް ކަމާލުއްދީންގެ މައްޗަށް ކުރި ހޯއްދެވުނީ އޭނާ ސާބިތުކަންމަތީ ޑީއާރުޕީގައި ދެމިހުންނެވުމުންނެވެ."އަދި ގިނަ މީހުން ބޭނުން ވަނީ ޒުވާން ޖެނެރޭޝަނަށް ފުރުސަތު ދިނުމަށް،" އަސްއަދު ވިދާޅުވި އެވެ.ކަމާލުންދީން ވިދާޅުވީ އެއީ "ޑީއާރުޕީ މެންބަރުން ބޭނުންވާ ގޮތް" ކަމަށާއި ސިޔާސީ ކަންކަމުގައި އުޅުއްވާ އިރު ބަލިވާ ފަހަރާއި މޮޅުވާ ފަހަރު އަންނާނެ ކަމަށެވެ.އޭނާ ވިދާޅުވީ ޕްރައިމަރީން ބަލިވި ނަމަވެސް އޭނާ ހުންނަވާނީ ޑީއާރުޕީގައި ކަމަށެވެ.ލޯކަލް ކައުންސިލް އިންތިހާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާ އިން ޑީއާރުޕީ ތަމްސީލު ކުރައްވާނެ ކެންޑިޑޭޓަކަށް އަސްއަދު ކަނޑައެޅުނު އިރު، އޭނާ އާ އެމްޑީޕީން ވާދަކުރައްވާނީ، މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ