ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނާޒިމްގެ ޓީމުން ނިންމައިފި

ކުރީގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރި އަމުރަށް ހައިކޯޓޫން ތާއީދު ކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނަފުކުރަން ނިންމައިފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އަންނަ ހަފަތްތާގެ ތެރޭގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ސުޕްރީމް ކޯޓަށް އެޕީލް ހުށަހަޅާނަން،” މައުމޫން ހަމީދު ވިދާޅުވި އެވެ.
ނާޒިމް ހުށަހެޅުއްވި ދެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުން އަމުރުތައް ނެރެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެރޭ އޭނާ ދިރިއުޅުއްވާ ގެކޮޅު ގ. އެނިފްގައި ހުންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ