ވ. އަތޮޅު ރައްޔިތުން އެދޭނަމަ އެއަތޮޅުގެ ބޮޑުމޮހޮރާ ފަޅު ހިއްކާ ވ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދިރިއުޅެވޭނެ ޒަމާނީ ފެންވަރުގެ ސިޓީއެއް ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގާއިމުކޮށްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން ރޭ ވ. އަތޮޅު ކެޔޮދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ބޮޑު މޮހޮރާ ފަޅުހިއްކާ އެތަނުގައި ވ. އަތޮޅުގެ ހުރިހާ ރައްޔިތުންނާއި އަދި އެހެން ބައެއް ރަށްރަށުގެ ރައްޔިތުން އާބާދުކުރުމަކީ އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ވެސް ކުރެއްވި މަސައްކަތެއް ކަމަށެވެ. އޭރު އެމަސައްކަތް ނުކުރެވުނީ ބައެއް ރައްޔިތުން އެކަން ކުރަން ބޭނުން ނުވުމުންނާއި، އަދި އެހެނިހެން ބައެއް ސަބަބުތައް ވެސް ކުރިމަތިވުމުން ކަމަށް ގާސިމު ވިދާޅުވިއެވެ.
ގާސިމު ވިދާޅުވީ ބޮޑުމޮހޮރާ ފަޅު ހިއްކާ އެތަނުގައި ޒަމާނީ ހުރިހާ ވަސީލަތެއް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ގާއިމުކޮށް ނިމެނޭ ކަމަށާއި، ރައްޔިތުން އެތަނަށް ދިރިއުޅުން ބަދަލުކުރާއިރު އެތަނުގައި ހުރިހާ ކަމެއް ގާއިމުކޮށްދެވިފައި ހުންނާނެ ކަމަށެވެ. އަދި ބޮޑުމޮހޮރާގައި އެއާޕޯޓެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ގާސިމު ވިދާޅުވިއެވެ.
ކެޔޮދޫގައި ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެރަށު ކައުންސިލްގެ ހަތަރު މެންބަރަކު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ. އަދި އަތޮޅު ކައުންސިލްގެ ދެމެންބަރެއްގެ އިތުރުން، ކެޔޮދޫއިން 300 އެއްހާ މީހުން އެޕާޓީއަށް ސޮއި ކުރި ކަމަށް ޖުމްހޫރީ ޕާޓީން މައުލޫމާތުދެއެވެ.
ބޮޑު މޮހޮރާ ފަޅު ހިއްކާ ސިޓީއެއްގެ ފެންވަރަށް ތަރައްގީކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ