ތަދު އިހުސާސް ނުވާ ފަސް އަހަރުގެ ތުއްތު ކުއްޖެއް

އުސްތަނަކުން ވެއްޓި ނުވަތަ ގައިގެ ތަނެއް ބޮޑަށް ކަނޑައިގެން ގޮސް ނުވަތަ އެއަށްވުރެ ވެސް ބޮޑު އަނިޔާއެއް ކުޑަކުއްޖަކަށް ލިބިއްޖެނަމަ އެ ކުއްޖާ ވަރަށް ބާރަށް ރޮއި ހަދާނެއެވެ. އެހެންނަމަވެސް އެމެރިކާއަށް އުފަން 5 އަހަރުގެ އިސާކް ބްރައުންއަކީ މިއިން ކަމެއް ވީ ކަމުގައިވިއަސް ތަދު އިހުސާސްވާ ކުއްޖެއް ނޫނެވެ.
އިސާކްގެ މައިންބަފައިން ބުނާ ގޮތުގައި އިސާކްއަކީ "ކޮންޖެންޝިއަލް އިންޓެންސިޓިވިޓީ ޓު ޕެއިން" ނަމަކަށް ކިޔާ ބަޔެއް ހުންނަ ކުއްޖެކެވެ. މިފަދަ ބަލިތަށް ޖެހިފައި ތިބޭ ކުދިންނަށް ކިތަންމެ ބޮޑު ހާނިއްކައެއް ވީ ކަމުގައިވިއަސް އެ ކުދިންނަކަށް ތަދެއް އިހުސާސެއް ނުވާނެއެވެ. އެހެންނަމަވެސް ކަމެއް ގޯސްކޮށް ހިނގައިފިކަން މިކުދިންނަށް ވެސް އެނގޭނެއެވެ.
އިސާކްގެ މައިންބަފައިން އިތުރަށް ބުނެފައިވަނީ އިސާކްގެ ފަރާތުން އެމީހުންނަށް ވަރަށް އާދަޔާ ހިލާފް ކަންތައްތަކެއް ފެންނަމުންދާކަމަށެވެ. ބައެއްފަހަރު އަމިއްލައަށް މޫނު މޭޒުމަތީގަ ތެޅުމާއި އަމިއްލައަށް އަތް ކެޑުމާއި އުސްތަންތަނުން ފުންމުމުގެ އިތުރުން ހޫނު އަވަނުގެ ތެރެއަށް އަތްކޮތްޕާ ހަދާކަމަށްވެސް އިސާކްގެ މައިންބަފައިން ބުޏްނެވެ. އިސާކް މިފަދަ ކަންތަށް ކުރަމުންދަނީ ތަދު އިހުސާސްވާނެކަން ނޭގިއެވެ. އަދި އޭނާއަށް މިފަދަ ކަންތައްތަށް ވެގެން ގޮސްފައިވަނީ މަޖާކަމެއްގެ ގޮތުގައި ކަމަށްވެސް އިސާކްގެ މައިންބަފައިން ބުޏްނެވެ.
އިސާކްގެ މި ބަޔަށް ފަރުވާ ހޯދަން އޭނާގެ މައިންބަފައިން ކުރި މަސައްކަތުން ވެސް ވަނީ ފަރުވާއެއް ހޯދޭގޮތެއް ނުވެފައެވެ. ޑޮކްޓަރުން ބުނެފައިވަނީ އެބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށާއި އެހެންކަމުން އޮތް ހަމައެކަނި ފަރުވާއަކީ އިސާކްއަށް ތަދަކީ އެއީ ވާއެއްޗެކަން ބުނެދިނުން ކަމަށެވެ.
އިސާކްގެ މަންމަ ބުނީ ދާދިފަހުން އުސްތަނަކުން ވެއްޓުމާ ގުޅިގެން އޭނާގެ ފައި ބިންދައިގެން ދިޔަކަމަށާއި އަދި ގޯހެއް އުޅޭކަން އޭނާއަށް އެނގުނުކަމަށެ. އެހެންނަމަވެސް އެއްވެސް ވަރަކަށް އިސާކްއަށް ތަދު އިހުސާސް ނުވިކަމަށެވެ. އިސާކްއަށް އާއްމު މީހަކަށް ވާ ތަދު އިހުސާސް ވަނީ އަނިޔާއެއް 20 ނުވަތަ 30 ފަހަރުވުމުން ކަމަށްވެސް އިސާކްގެ މަންމަ ބުޏްނެވެ.
އިސާކްއަށް ވަނީ ތަދު އިހުސާސްނުވުމުގެ އިތުރަށް އެންހިޑްރޯސިސް ނަމަކަށް ކިޔާ ބަޔެއްވެސް ޖެހިފައެވެ. މި ބައްޔަކީ ވަރަށް މަދު ބަޔަކަށް ނޫނީ ޖެހިފައި ހުންނަ ބައްޔެއް ނޫނެވެ. މި ބަލީގެ ސަބަބުން ހޫނު ނުވަތަ ފިނި ވެއްޖެނަމަވެސް ބައެއް ފަހަރު އުނދަގޫ ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ