އަންނަ މާޗް މަހުގެ 22 ވަނަ ދުވަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި އަލްހާނަށް ޓިކެޓް ގެއްލިއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިހާތަނަށް އިންތިހާބު ނުބާއްވާ 30 ދާއިރާއެއްގެ ވޯޓުލުން އިއްޔެ ހަވީރު 4:00 އިން ފެށީގެން ރޭގެ 11:00 ހަމައަށް ކުރިއަށް ގެންގޮސްފަވާއިރު، މިހާރު މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ބޭފުޅުންގެ ތެރެއިން ޓިކެޓް ލިބިފަ ނުވަނީ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީއަށެވެ. ޕްރައިމަރީގައި ވާދަކޮށް އޭނާގެ މައްޗަށް ކުރިހޯދާފައިވަނީ ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދުއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ނ. މަނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ތޯރިގް އެ ދާއިރާގެ ޓިކެޓް ހޯދާފަ ވާއިރު މަޑަވެލި ދާއިރާގެ ޓިކެޓް ހޯދާފައި ވަނީ އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. ތިނަދޫ އުތުރު ދާއިރާގެ ޓިކެޓް އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ގަސަމް ކާމިޔާބުކޮށްފަވާއިރު ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކޮށްފަ ވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ އެވެ.
ވެލިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކޮށްފަ ވަނީ ރާއްޖެ ޓީވީގެ ޑޭޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން އެވެ. އަދި މަރަދޫ ދާއިރާގެ ޓިކެޓް އިބްރާހިމް ޝަރީފް (މަވާޓޯ) ކާމިޔާބުކޮށްފަވާއިރު ހިތަދޫ މެދު ދާއިރާގެ ޓިކެޓް ހޯދާފައި ވަނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ކުބޭ) ވަނީ އުނގޫފާރޫ ދާއިރާއަށް ކުރިމަތިލައްވައި އެ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފަ އެވެ.
އެމްޑިޕީން ބުނެފައި ވަނީ ވަގުތީ ނަތީޖާ މިއަދު ހެނދުނު އިއުލާން ކުރާނެ ކަމަށާއި އަދި މިހާތަނަށް ބޭއްވި ހުރިހާ ޕްރައިމަރީއެއްގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ ކަމަށެވެ.
ޕްރައިމަރީގައި އަލްހާންއަށް ފޭދޫ ދާއިރާގެ ޓިކެޓް ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ