ދިއްދޫ އިންޖީނަކަށް މައްސަލަ ދިމާވެއްޖެ، ކަރަންޓު ކެނޑުން އެކަށީގެންވޭ: ފެނަކަ

ހއ. އަތޮޅު ދިއްދު އަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ 400 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން ލޯޑު ބޮޑުވާ ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ. އެ ކުންފުނިން އިއްޔެ ބުނީ ދިއްދު އަށް ކަރަންޓް ފޯރުކޮށްދޭން ބޭނުންކުރާ 400 ކިލޯ ވޯޓުގެ ޖަނަރޭޓަރު މަރާމާތު ކުރުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދިއްދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނެ ކަމަށް ލަފާކުރެވެނީ ހަތަރެއް ނޫނީ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް ވެސް ފެނަކަ އިން ބުނެ އެވެ. ކަރަންޓުގެ ހިދުމަތް އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑް ނަގާ ކަރަންޓު ސާމާނު ބެނުން ކުރުން މަދުކޮށް، ކަރަންޓު ބޭނުން ކުރާ މިންވަރު މަދުކުރުމަށް ފެނަކަ އިން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ