އައިހެވަންގެ ޢަމަލީ މަސައްކަތް ފެށޭނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ނިމުމުން: މިނިސްޓަރު

އިހަވަން ދިއްޕޮޅުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ވަޢުދު ވެފައިވާ އައި ހެވަން މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭވަރު ވާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ނިމުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ. ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި ސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ އައިހެވަން މަޝްރޫޢާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމް.ބީ.ސީގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅުގެ ޓްރާންސްޝިޕްމެންޓް ބަނދަރު އެޅުމަށް ނިންމާފައިވާތަން މިހާރު ފާހަގަ ކޮށްފައިވާ ކަމަށާއި، ބަނދަރުއަޅާނެތަން ފާހަގަކޮށްފައިވަނީ ދުބާއީގެ ކުންފުންޏަކާއެކު އިހަވަންދިއްޕޮޅަށް ގޮސް އެސަރަހައްދުބަލައި ދިރާސާ ކުރުމަށް ފަހު ކަމަށެވެ.މިނިސްޓަރު ވިދާޅުވީ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕާ ގުޅިގެން އައިހެވަން ގެ ވިޔަފާރީގެ ބައިތަކަށް އޭގެ ހަމައަގު ލިބެންހުރި ގޮތްތަކާ އޭގެ ތަސައްވުރު އެކުލަވާލެވިފައި ވާކަމަށާއި، އައިހެވަން ޕްރޮޖެކްޓަށް ގިނަ އަދަދެއްގެ ބޭރުގެ އިންވެސްޓަރުން ޝައުޤު ވެރިކަން ފާޅުކުރަމުން ދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ