ޑރ. ބިލާލްގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ހަވީރު

“ދަ ކޯލް 2014” ގެ ނަމުގައި ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމްކޮށްގެން ބާއްވަމުންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ކެނެޑާގެ މަޝްހޫރު ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސްގެ ޚާއްޞަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖައްސައފިއެވެ.ޖަމްޢިއްޔަތުއްސަލަފުން ހާމަކޮށްފައިވާ ގޮތުގައި“Introduction to Islamic Online University” [އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ތަޢާރަފެއް]މި މައުޟޫއަށް ޑރ. ބިލާލް ދެއްވާ ޕްރެޒެންޓޭޝަނެއްގެ އިތުރުން ސުވާލާއި ޖަވާބު ސެޝަނެއް މި ބައްދަލުވުމުގައި އޮންނާނެއެވެ. ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދު ހަވީރު 16:00 ގައި ޕޮލިޓެކްނިކްގެ އޮޑިޓޯރިއަމްގައެވެ.މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޖަމްޢިއްޔަތުއްސަލަފުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ