އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމް އަށް ބައިވެރިވެވަޑައި ނުގެންނެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއް ކަމަށްވާ އަހުމަދު އަކްރަމް ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރާ ފަރާތްތަކަށް އެހެން ތަންތަނަށް ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޖަލު ހުކުމް ތަންފީޒު ކުރާ ފަރާތްތަކުން ވޯޓު ލުމުގެ ފުރުސަތު ލިބޭނީ އެ ހުރި ޖަލަކުން ކަމަށެވެ. އެހެން ގޮތަކަށް އެފަރާތަކަށް ވޯޓުލުމަށް ފުރުސަތު ނުލިބޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް އިން އެގޮތަށް ކަނޑައަޅާފައިވާއިރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސި ވިލާތުން އެސައިލަމް ހޯއްދަވައިގެންނެވެ. އަދި މިވަގުތު އެމަނިކުފާނު ހުންނެވީ ސްރީލަންކާގައެވެ. ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ހުންނެވީ ޖާމަނީގައެވެ.
ރައީސް ނަޝީދާއި ގާސިމް އަށް ވޯޓު ނުލެވޭނެ ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ