އެއާޕޯޓް އަތުލުމާ ގުޅޭ ގޮތުން ރައީސް ޔާމީން ހެދީ ބޮޑު ދޮގެއް: ގާސިމް

ޖީއެމްއާރު އަތުން ހުޅުލެ އެއާޕޯޓް ނެގުމަށް ބޮޑު އަދަދެއް ދައްކަން ޖެހޭނަމަ އެކަން ކުރަން ނުފެންނަ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ގާސިމް އިބްރާހިމް ދޮގު ކުރައްވައިފިއެވެ.
ބްރިޖް ސަޅި ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާއި ގުޅުންހުރި ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
"ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭ ނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވީ ހެދި ބޮޑު ދޮގެއް" ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް ނެގީ ޕީޕީއެމްގެ ފިކުރުގައި ތިއްބެވި ބޭފުޅުން ކަމަށާއި އެކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީޕީން ތާއީދު ނުކުރާ ކަމަށް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
"ރައީސް އޮފީހުގައި އޮތް ޖަލްސާ ނުފެށެނީސް ޔާމީން ނިކުމެގެން ދިޔައީ. އަދާލަތު ޕާޓީ އިމްރާން ކުޑަ ލަހެއްވީމަ ގާސިމް އާއި އިމްރާން އާއި ރައީސް ވަހީދު އާއި ތަސްމީން ތިބެގެން ނަގަން ނިންމީ،" ރައީސް ޔާމީނުގެ ވާހަކަފުޅަށް ރައްދު ދެއްވާ ގާސިމް ޓްވީޓްގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ