ހުކުރު ދުވަހު ހަވީރު އާންމުކޮށް ބުރިޖް ހުޅުވާލަނީ

މާލެއާއި ހުޅުލެ ގުޅުވާލަދޭ "ސިނަމާލެ" ބްރިޖް މާދަމާ ހަވީރު 4:00 ގައި އާންމުކޮށް ހުޅުވާލަން ނިންމައި ހައުސިން މިނިސްޓްރީން އެކަން އިއުލާންކޮށްފި އެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިނަމާލެ ބްރިޖް މާދަމާ ހަވީރު އާންމު ދަތުރުފަތުރަށް ހުޅުވައިލާނެ ކަމަށެވެ.
މާލެ ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދޭ ތާރީހީ ބްރިޖް މާދަމާ ހަވީރު ހުޅުވާލާއިރު، ތާރު އަޅައިގެން ތަރައްގީކޮށްފައިވާ ބްރިޖާ ގުޅޭ މަގުތަށް މިރޭ ވަނީ ހުޅުވާލާފަ އެވެ. އަދި މާލެ-ހުޅުމާލެ ބަސް ދަތުރުތައް ވެސް މާދަމާ ފަށާގޮތަށް އެމްޕީއެލް އިން ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން ބްރިޖް ހުރަސްކޮށް ވެލާނާ އެއާޕޯޓަށް ވަންނަ ވެހިކަލްތައް އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުވެސް މިރޭ ވަނީ އާންމުކޮށްފަ އެވެ.
މާދަމާ ބްރިޖް ހުޅުވި ނަމަވެސް ބްރިޖް މަތިން ދަތުރުކުރާ އުޅަނދުތަކުން ނަގާ އަގުތައް ހައުސިން މިނިސްޓްރީން އަދި އިއުލާނެއް ނުކުރެ އެވެ. އެ އަގުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް މީގެ ކުރިން މިނިސްޓަރު މުއިޒް ވަނީ ވިދާޅުވެފަ އެވެ.
މާދަމާ ވެގެންދާނީ މާލެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެ ތާރީހީ ދުވަހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ