ގޮއިދޫ ރައްޔިތުން: ރައީސް ޔާމީން ހޮވަން މިތިބީ އަތުކުރި އޮޅާލައިގެން!
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިންތިޚާބު ކުރުމަށްޓަކައި ބ.ގޮއިދޫގެ ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން ކަމަށް އެރަށުގެ ރައްޔިތުން ބުނެފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެއަތޮޅު ފުޅަދޫ، ފެހެންދޫ އަދި ގޮއިދޫއަށް ވަޑައިގެންފައެވެ. އެތިން ރަށުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. މެޑަމް ފާތުން މިއަދު އެންމެ ފަހުން ވަޑައިގެންފައިވަނީ ގޮއިދޫއަށް. އެރަށުގެ ރައްޔިތުން އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އެރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނީ މުޅި ގޮއިދޫ އޮތީ އެއް ރޫހެއްގައި، އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ކުރަން ތައްޔާރަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު އިންތިޚާބު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ތިބި ކަމަށް ވަނީ ބުނެފައެވެ. އެންމެ ގާތުން ކެމްޕޭންގެ ދަށުން އެކަމަނާ ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑަިއގަތުމަށް ހަމަޖެހިފައިވާއިރު، ފާއިތުވި ހަތަރު ދުވަސްތެރޭގައި ވަރަށް ގިނަ ރަށްރަށަށް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފައެވެ. މެޑަމް ފާތުންގެ މި ދަތުރުފުޅުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ރައްޔިތުންނާއި، ޒުވާނުން އަދި އިސްރަށްވެހިންނާވެސް ގެންދަވަނީ ވަކިން ބައްދަލު ކުރައްވަމުންނެވެ. މި ދަތުރުފުޅުގެ ތެރެއިން އެކަމަނާ ހިތާދޫއަށް ވަޑައިގެންފައިވާއިރު، އެރަށުގެ އެމްޑީޕީ ތިން ކައުންސިލަރުންވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ. މެޑަމް ފާތުން ވަނީ އެބޭފުޅުންނާއި ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ރަށް ކުރިއެރުވުމަށްޓަކައި، ވަކި ޕާޓީއަކަށް ބެއްލެވުމެއް ނެތި މަސައްކަތް ކުރައްވަން ބޭނުންވެލައްވާ ކަމަށް ކައުންސިލަރުން ވަނީ ފާހަގަކުރައްވާފައެވެ. އެމަނާއަކީ މި މުޖުތަޢުގައި ފުރަތަމަ ޚާއްސަ އެހީއަށް ބޭނުންވެފައިތިބި ފަރާތްތަކަށް އަޅާލައި އޯގާތެރި ކަމުގެ އަތެއް ދިއްކުރި ފަރާތް ކަަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް ޔާމިންގެ ކެންޕެއިނަށް އެކަމަނާ އިސްވެ ހުންނަވައިގެންވެސް ރާޢްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ހަރަކާތްތަށް ހިންގަމުންނެވެ. މެޑަމް ފާތުން ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެކަމަނާގެ އަރިހުގައި، ރަތްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި، މާފަންނު މެދު ދާއިރާގެ މަޖިލިސް މެމްބަރު އަސްމާ ރަޝީދުގެ އިތުރުން، މިނިސްޓަރ ސަޢީދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ