އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅެން ބޭނުންވާ ހުރިހާ ދިވެހި ރައްޔިތުން ގުޅި އެހިތްވަރު ދެއްކުމަށް އަދާލަތު ޕާޓީގެ ނައިބްރައީސް އަލްއުސްތާޛް އަލީ ޒާހިރު ގޮވާލައްވައިފި އެވެ.
އަލީ ޒާހިރު މިގޮތައް ގޮވާލެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ނ.އަތޮޅަށް މިހާރު ކުރައްއްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ މިލަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ޒާހިރު ވިދާޅުވީ، އިންތިހާބުގެ ވޯޓްލާ ދުވަހުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅެން ބޭނުންވާ ފަރާތްތައް ގުޅި، އެހިތްވަރު ދެއްކުމަށް ހުރިހާ ދިވެހިރައްޔިތުންނަށް ގޮވާލާ ކަމަށާއި ހުރިހާ ކަމެއް ނިމުނީމަ ނުވަތަ ހުޅަނގު ފަރާތުން އިރުއެރީމަ އެކަން ކުރަން ނުތިބުމަށް އެދޭ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސި ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަބަދުވެސް ޔަގީންކަން ދެއްވަނީ ވަޒީފާއަށްޓަކާ ބިރުން ނުތިބެ، ތިމާ ބޭނުންވާ ސިޔާސީ ފިކުރަކާގެން ކުރިއަށް ދިއުމަށާއި އެމީހަކަށް އަނިޔާއެއް ނުވަތަ ވަޒީފާއިން ވަކިކޮށްފި ނަމަ އެފަރާތަކަށް އިންސާފް ހޯދަދެއްވާނެ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ވެރިކަން ކުރައްވަން ވާނީ ގާނުނާ އެއްގޮތަށް ކަމަށާއި އެގޮތައް ނުކުރެވެންޏާ ރާއީސް ޔާމިން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަތުމަށް އެދޭ ކަމަށެވެ. އަދި ރައީސް ޔާމިންގެ ފަރާތުން ގާނޫނީ ވެރިކަމެއް ކުރައްވާތަން އެއް ގޮތަކަށްވެސް ނުފެންނަކަން ފާހަގަ ކޮށް އަލީ ޒާހިރު ވިދާޅުވީ އިބްރާހިމް މުހައްމދު ސޯލިހަކީ ގަނޫނު ތަކާ އެއްގޮތައް ވެރިކަން ކުރާނެ ކެންޑިޑޭޓެއް ކަމަށެވެ.
މިލަދޫ ރައްޔިތުންގެ ފަރާތުން ވެސް މިއަދު މިދަކުވާ ދިނީ ރައީސް ޔާމިންގެ ވެރިކަން ނިމިފައިވާ މަންޒަރުކަން ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ، ގުޅިފައިވާ ސިޔާސި ޕާޓީތަކުގެ ހަތަރު ލީޑަރުން މިއަދު ރައްޔިތުންނަށްޓާކާ މިވާ ގުރުބާނީއާއެކު އިބްރާހިމް މުހައްމަދު ސޯލިހު، ކެންޑިޑޭޓް ނަންބަރު ދޭ ކަަކަށް ހުރިހާ ރައްޔިތުން ވޯޓްދެއް ވުމަށް އެދޭ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ މިކޯލިޝަން މިހިސާބަށް ގެންނެވުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ މަސައްކަތް ޕުޅަށް އަލީ ޒާހިރު ވަނީ ޝުކުރު ދަންނަވާފައެވެ.
ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓް އިބޫއަކީ ތެދުވެރި، އިޚްލާސްތެރި އަދި ވަފާތެރި ބޭފުޅެއްކަން ފާހަގަކޮށް އަލީ ޒާހިރު ވިދާޅުވީ، އެންމެ ބޭފުޅުންވެސް ޔަގީން ކުރަންވީ ކަމަކީ ވޯޓްލާނީ ރައްޔިތުންގެ ކުރިމަތީގައި ކަމަށާއި ވޯޓް ގުނާނީ ވެސް ރައްތިތުންގެ ކުރިމަތީގައި ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާމުން 70 ނުވަތަ 80 ޕަސެންޓުގެ ބޮޑުތަނުން މިފަހަރުގެ އިންތިހާބުން ރައީސް ޔާމިން ބަލިވާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓްލާ ދުވަސް ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު އެވެ.
23 ސެޕްޓެމްބަރުގެ ކުރިން ހުރިހާ ރައްޔިތުން އިދިކޮޅާ ގުޅި އެހިތްވަރު ދެއްކުމަށް އަލީ ޒާހިރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ