ދެއްވަދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓުމަކަށް

ގއ. ދެއްވަދޫ ސިއްހީ މަރުކަޒާއި އެތަނުގެ ބޭސް ފިހާރާގައި މަސައްކަތް ކުރާ މުވައްޒަފެއްގެ މަންމަ ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިއްޖެއެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގު މިއަދު ވިދާޅުވީ ރަށު ސިއްހީ މަރުކަޒުގެ މުވައްޒަފެއްގެ މަންމަ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި ސިއްހީ މަރުކަޒުގެ ގިނަ މުވައްޒަފުން ހިމެނޭކަމަށެވެ. އެމީހުން އެކަހެރި ކުރުމާއި ގުޅިގެން ސިއްހީ މަރުކަޒުގެ މަސައްކަތް މެދު ކެނޑިފައިވާ ކަމަށް ތައުފީގު ވިދާޅުވިއެވެ.
ތައުފީގު ވިދާޅުވީ ސިއްހީ މަރުކަޒުގެ ހިދްމަތް ދިނުމަށް އެހެން ރަށަކުން ނަރުހަކު ގެނެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އިއްޔެ އާއި ހަމައަށް ދެއްވަދޫން 35 މީހަކު ޕޮޒިޓިވްވެފައިވާ އިރު އިތުރު ގިނަ ބައެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ