އެމްޓީސީސީ އިން ތަރައްޤީކުރާ ހެނބަދޫ ބަނދަރު މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެ

އެމްޓީސީސީ އިން ތަރައްޤީކުރާ ނ. ހެނބަދޫ ބަނދަރު މަޝްރޫޢުގެ ބޮޑުބައި ނިމިއްޖެއެވެ.
މިކަމާއި ގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ ނ. ހެނބަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %93 މިހާރުވަނީ ނިމިފައިވާކަމަށާއި އަދި މި މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ %60 އާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ %12 ވެސް ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 44,615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 203  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 259 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 1,015 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 26.6 މިލިއަން ރުފިޔާގެ މަޝްރޫއެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 12 ސެޕްޓެމްބަރ 2019 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ