ފާއިތުވި 2023 ވަނަ އަހަރުގެ ޖެނުވަރީ 1 އިން ފެބްރުވަރީ މަހުގެ 22 އަށް ދައުލަތުން ކޮށްފައިވާ ހަރަދަށްވުރެ މިއަހަރުގެ އެ މުއްދަތުގައި ކުރި ހަރަދު 2.1 ބިލިއަން ކުޑަކުރުމާއެކު، ދައުލަތުގެ އަރަނި 314 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކުވެސް އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކަށް ބަލާއިރު މި އަހަރު ޖަނަވަރީ އެއްވަނަ ދުވަހުން ފެބްރުއަރީ 22 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.8 ބިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި 5.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ވަނީ ލިބިފަ އެވެ. ފާއިތުވި އަހަރު އެ މުއްދަތުގައި ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް ފާއިތުވި އަހަރުގެ އެ މުއްދަތުގައި ދައުލަތުން ކުރި ހަރަދު އާމްދަނީއާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓުވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
ނިމިދިޔަ އަހަރު އެ މުއްދަތުގައި ދައުލަތުން 6.6 ބިލިއަން ރުފިޔަ ވަނީ ހަރަދުކޮށްފަ އެވެ. މި އަހަރުގެ އެ މުއްދަތުގައި 4.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެ މުއްދަތުގައި ދައުލަތުން ހަރަދުކޮށްފައިވަނީ ޖުމްލަ 4.5 ބިލިއަން ރުފިޔާ އެވެ.
އެހެން ކަމުން ދައުލަތުގެ އަރަނި ވަނީ މިއަހަރު އިތުރުވެފަ އެވެ. ފާއިތުވި އަހަރުތަކުގައި ދައުލަތުގެ ދަރަނި އިތުރުވެ، ކޮންމެ އަހަރަކު އަންދާޒަކުރާ މިންވަރަށްވުރެ ބޮޑަށް ދައުލަތުގެ ބަޖެޓު ޑެފިސިޓުވަމުންދާތީ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދައުލަތުގެ ހަރަދުކުޑަކުރަން ތަކުރާރުކޮށް އެއިރުގެ ސަރުކާރަށް އިލްތިމާސްކުރި ނަމަވެސް އެއިރު ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައިނުވެ އެވެ.
ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަނި އަދާކުރުމަށް ކުރި ހަރަދުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަނި އަދާކުރުމަށް ހޭދަކުރީ 505 މިލިއަން ރުފިޔާއެވެ. އަދި މި އަހަރު، ދަރަނި އަދާކުރުމަށް 535 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފަ އެވެ.
ކުރީ އަހަރަށްވުރެ ދައުލަތުގެ ހަރަދު ކުޑަކޮށް، އަރަނި 314 މިލިއަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ