އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަންޓޭ ޕީއެންސީއަށް ސޮއިކުރައްވައިފި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުން ޕީއެންސީއަށް ސޮއިކޮށްފި ޕީއެންސީ އިން ކުރާނީ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދޭ ވެރިކަމެއް ޕީއެންސީގެ ރައީސަކަށް އިންތިޚާބީ ރައީސް ޑރ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ‘އަސްލު’ ސަރުކާރުގެ ކެންޑިޑޭޓުންނަކީ ކޮބައިތޯ އެމްޑީޕީއިން ސުވާލުއުފައްދައިފިއެވެ.
ރޭ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ މަޖިލިސް އިންތިޚާބު ކެމްޕޭނުގެ ތަރުޖަމާނު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ ކުރިމަތިލައިގެން އުޅެނީ ސަރުކާރު ކެންޑިޑޭޓެއްތޯ ނޫންތޯ ވަކިކުރާނެ ގޮތެއް ނޭންގޭކަމަށެވެ. މިކަހަލަ ކަންކަން ކުރިމަތި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ހިންގާ ސިޔާސީ ޕާޓީތަކުގައި ކަން ފާހަގަކުރަމުން އީސާ ވިދާޅުވީ އެމްޑީޕީގައި އެކަހަލަ ކަންކަން ކުރިމަތި ނުވަނީ އެޕާޓީގެ ފަރާތުން ނިކުންނަ ކެންޑިޑޭޓުންނަކީ ސީދާ ޕާޓީގެ ތިލަފަތުގައި ނިކުންނަ ކެންޑިޑޭޓުންނަށް ވުމުން ކަމަށެވެ.
މީގެ އިތުރުން އީސާ ވިދާޅުވީ ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯފުޅު ޖަހައިގެން ކެމްޕޭންކުރި ނަމަވެސް ރައީސަށް ވެސް އެ މީހަކީ ސަރުކާރު ކެންޑިޑޭޓެއްކަން ނޭނގޭކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި ޕްރައިމަރީއެއްވެސް ބާއްވާފައިވާއިރު، ގިނަ ކެންޑިޑޭޓުންވަނީ ޕްރައިމަރީގެ ސައްހަކަމާ މެދު ސުވާލު އުފައްދާފައެވެ. އަދި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރުމަށްވެސް ފޯމު ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ