އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު މޫސުމާ ބެހޭ އިދާރާއިން ވަނީ މިރޭ 7:30އާ ހަމައަށް ހއ.އަތޮޅުން ފެށިގެން ބ.އަތޮޅު ހިމެނޭ ސަރަހައްދަށް ހުދު ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ މިއަދާއި މާދަމާ އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ދެކުނު އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލުގެ ބާރުމިނުގައިކަމަށްވެސް އެއިދާރާއިން ބުނެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެކަމަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ އުތުރާއި މެދުރާއްޖެ ތެރޭގެ ހިސާބުތަކަށް 7-3 ފޫޓާ ދެމެދުގައި ކަމަށާއި އަދި ދެކުނުގެ ހިސާބުތަކަށް ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓާއި ދެމެދުގައިކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.
މިދުވަސްވަރަކީ ޢީދު ޗުއްޓީއަށް ދިޔަ މީހުން އަނބުރާ އައުމަށް ދަތުރުތައް ފަށާފައިވާ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދާއި މާދަމާ މޫސުން ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ