އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު އިސްތިއުފާ ދެއްވައިފިއެވެ.
ޒާހިދު މަޤާމުން އިސްތިޢުފާ ދެއްވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީއެސްއެމްއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
އެކޮމިޝަންގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ރައީސް ހިމެނޭހެން 5 ބޭފުޅުން ތިއްބަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ