ފަލަކީ ހިސާބުން ރޯދަ މަހުގެ ފުރަތަމަ ފުރަތަމަ ދުވަހަކީ މާޗު 11: ރައީީސް މައުމޫން

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ދިމާވާނީ މާޗު މަހުގެ 11 ވަނަ ދުވަހާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
”އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ އެކެއްވާނީ މިހިނގާ މާރިޗުމަހުގެ 11ވާ ހޯމަދުވަހެވެ.“
އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ އެކެއްވާނީ މިހިނގާ މާރިޗުމަހުގެ 11ވާ ހޯމަދުވަހެވެ. وكل عام وأنتم جميعا بخير.
— Maumoon Abdul Gayoom (@maumoonagayoom) March 9, 2024
ަރަމަޟާން މަހަށް ހާއްސަކޮށް މި އަހަރު ހަނޑުލާއި ފުށް ސަރުކާރުން ވަނީ ބަހަން ފަށާފައެވެ. އަދި ހޯމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ހަމަޖައްސަވައިފައެވެ.
ު
ު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ