ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު ޕީއެންސީއަށް

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ރަޝީދުބެ) ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.
ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެންބަރު ޕީއެންސީއަށް ސޮއިކޮށްފައިވާއިރު ސަރުކާރުގެ ތާއިދާއެކު އަލަށް މަޖިލީހަށް އިންތިހާބުވި ހަ މެންބަރުން ވަނީ މިއަދު ޕީއެންސީއާ ގުޅިފައެވެ. އެއާ އެކު ސަރުކާރު މެންބަރުންގެ އަދަދު މިހާރު ވަނީ 77 އަށް އަރާފައެވެ.
ޕީއެންސީ/ޕީޕީއެމް ޓިކެޓުގައި މަޖީލިސް އިންތިހާބު ކާމިޔާބު ކުރީ 66 ކެންޑިޑޭޓުންނެވެ.
އެމްއެންޕީއަށް 1 ގޮނޑި އަދި އެމްޑީއޭއަށް 2 ގޮނޑި ލިބިފައިވެ އެވެ. މީގެ އިތުރުން ރައީސް މުއިއްޒުގެ ތާއިދާއެކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ވަނީ މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.
އަމިއްލަ ގޮތުން ހޮވުނު ހަތް މެންބަރުން ޕީއެންސީއާ ގުޅުމާއެކު އެ ޕާޓީގެ ފަރާތުން 20 ވަނަ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު 73 އަށް އަރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ