”ދިވެހީންގެ ރާއްޖެ” މިސްރާބު ހާސިލްވާން އޮތީ މަޖިލިސް އިންތިޚާބުވެސް ކާމިޔާބު ވެގެން: ރައީސް “ފިޔޯރީ އަވަޓެ ވާދަ 2024” ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ! ރޯދަ މަހު، ކަރަންޓުގެ ބިލް ކުރާނީ އާދައިގެ މަހެއްގެ އެވަރެޖަށް ބަލައިގެން އައްޑޫގައި އައްސޭރި ޓޫ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ އެއްވެސް މަސައްކަތެއް ނޯންނޭކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޔާމީން އުފައްދަން މަސައްކަތްކުރާ ޕީޕީލް ނޭޝަނަލް ފްރޮންޓުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ނުވާތީވެ ސަޕޯޓަރުން، ރައީސް މުއިއްޒުގެ އަރިހު ސުވާލު ކުރުމުންދާ ކަމަށާއި ސަޕޯޓަރުން ކުރައްވާ ކޮންމެ ފަހަރަކު ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައީސް އިތުރުފުޅު ހައްދަވާ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވާ އެއްވެސް މަސައްކަތެއް ނޯންނާނޭކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައިއެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނު މިނިވަންކުރެއްވުމަށް މަސައްކަތް ކުރައްވަމުން ނުދާއިރު، މި ސަރުކާރުން އަތްބާނައިގެން ލަސްކުރަމުން އަންނަކަން ވެސް އެނގިފައިވާކަމަށެވެ. އަދި ކަންމިހެން އޮތްއިރު، މޮޅު ވާހަކަތަކެއް ދައްކައިގެން ޕީޕީއެމްގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށް ވެސް ޔާމިން ރައީސް މުއިއްޒުއަށް ގޮވާލެއްވިއެވެ.
”މުއިއްޒު ކުރައްވާ މަސައްކަތެއް ނޯއްނާނެ އަޅުގަނޑު މިނިވަންކުރާކަށް. އެނގިފައިވާ ގޮތުން ސަރުކާރުން އަތްބާނާއިގެން ލަސްކުރީ، އެހެންވީމާ ޕީޕީއެމްގެ އާންމު މެންބަރުންނަށް ކަންކަން އޮޅުވާލާން އުޅޭނެ ކަމެއް ނެތް.” ޔާމިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވީ ނަމަވެސް ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭގައެވެ. ޔާމީން ރަށު ބަންދަށް ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އިބުރާހީމް މުޙައް،މަދު ޞާލިހުގެ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ