ޑރ ޖަމީލް، ގާސިމް އިބްރާހީމަށް : ތިޔައީ ސިޔާސީ ސްކޯކުރަން ދައްކާވާހަކަ

އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ ބޮޑެތި ކުށްތަކުގެ ވާހަކަ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން މިހާރު ދައްކަން ފަށާފައިވަނީ ސިޔާސީ ގޮތުން ސްކޯކުރަން ކަމުގައި ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ލިވާތުކުރުމަކީ ބޮޑު ކުށަކަށް ހަދަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައިވަނިކޮށް އެއިސްލާހާއި ގުޅުވައި ޑރ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިރަކާ ނުލައި މަޖާކުރާ ފިކުރާ އެކު ކަންކަން ބޮއްސުންލައިގެން ދިޔަ އިރު ތެދު ނިޔަތެއް އޮތް ނަމަ އެކަމާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.
“ތެދު ނިޔަތެއް އޮތް ނަމަ ބިރަކާ ނުލައި މަޖާކުރާ ފިކުރާއެކު މި ހިސާބަށް ބޮއްސުންލާ ދިޔައިރު ނުތިބޭނެ. ގަބޫލު ކުރެވެނީ ކޯލިޝަންގެ ބައިވެރިން ތިޔައީ ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން.” ޑރ ޖަމީލު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް މަޖިލީހަށް މިފަދަ އިސްލާހެއް ހުށަހަޅުއްވާފައިވާއިރު ރާއްޖޭގައި މިފަހުން އާންމުވި އެންމެބޮޑު އެއްމަސަލައަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާއި އާއެކު އެއްޖިންސުން ގުޅުންހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް އާންމުވުމެވެ.. އޭގެ ތެރެއިން ބައެއް މީހުން ބަންދުކުރުމަށް ފަހު މިހާރުދޫކޮށްލާފައިވާއިރު އަނެއްބަޔަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ ރައްޔިތުންގެންދަނީ މީސްމީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ