ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ އިންގްލޭންޑަށް ލިބިއްޖެއެވެ. ގްރޫޕްގެ ބީގެ އެއްވަނަ ޓީމުގެ ގޮތަގައި އިންގްލޭންޑް މުބާރާތުގެ ދެވަނަ ބުރަށް މިހާރު ދަތުރުކޮށްފައިވާ އިރު އެޓީމުން ވަނީ ގްރޫޕްގައި ކުޅުނު ފަހު މެޗުގައި 3-0 އިން ވޭލްސް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އިންގްލޭންޑުން މެޗުގައި ޖެހި ދެލަނޑު ވެސް ފެނިފައިވަނީ ދެވަނަ ހާފްގައެވެ.
މި ގޮތުން އެޓީމުން ޖެހި ފުރަތަމަ ލަނޑަކީ ސީދާ ހިލޭ ޖެހުމަކުން ޖެހި ލަނޑެކެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ މާކަސް ރަޝްފަޑް ޖެހި މި ހިތް ގައިމު ގޯލަކީ ހިލޭ ޖެހުމަކުން މިމުބާރާތުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މެޗުގައި އިންގްލޭންޑުން ޖެހި ދެވަނަ ލަނޑު ޖަހާ ދިނީ ފިލި ފޯޑަންއެވެ. މިއީ މުބާރާތުގައި އޭނާ ފެށި ފުރަތަމަ މެޗަށް ވީ އިރު މެޗުގެ 51 ވަނަ މިނެޓްގައި އޭނާ ޖަހާ ދިން މިލަނޑަކީ ކެޕްޓަން ހެރީ ކޭންގެ ޕާހަކުން ޖެހި ލަނޑެކެވެ.
އިނގިރޭސި ފޯވަޑް ރަޝްފޯޑް ވަނީ މިމެޗުގައި އިތުރު ލަނޑެއް ޖަހާ ސްކޯ 3-0 އަކަށް ހަދާފައެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި 3 ވަނަ ލަނޑެވެ.
މިނަތީޖާގައި އޮވެގެން މިމެޗު ނިމުނު އިރު ގަދަ 16 ގައި އިންގްލޭންޑް ކުޅެން ޖެހޭނީ ގްރޫޕް އޭގެ ރަނާރަޕް ޓީމް ސެނެގާލްއާއެވެ.
ވޯލްޑްކަޕް 2022: ވޭލްސް މައްޗަށް ކުރި ހޯދާ އިންގްލޭންޑްއަށް ގްރޫޕްގެ އެއްވަނަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ