މިފްކޯއިން ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18.50 އަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއްގެ ގަންނަ އަގު މިއަދު ބޮޑުކޮށްފިއެވެ. ކޮންމެ ދުވަހަކު ވެސް އެ ކުންފުންޏަށް މަސް ގަތް އަގުތަކާއި ތަފުސީލުތައް މިފްކޯއިން ހާމަކުރެއެވެ. މިގޮތުން، އިއްޔެގެ ހިސާބުތަކަށް ބަލާއިރު މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް ގަތީ 17 ރުފިޔާއަށެވެ. އެކަމަކު، މިއަދު ކަޅުބިލަމަސް ކިލޯއެއް މިފްކޯއަށް ގަނެފައިވަނީ 18.50 ރުފިޔާއަށެވެ. މަސްވެރިންތަކެއް ދޯންޏެއްގައި ----- ފޮޓޯ/ މަސްވެރި އިހަވަންދޫ އެ ބަދަލާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، އެއީ މިއަދުން ފެށިގެން ގެނައި ބަދަލެއް ނޫން ކަމަށެވެ. މި ދުވަސްވަރު މަސްވެރިކަން ދަށްކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވީ، މާދަމާ ވެސް މަސްވެރިކަމަށް ބަލައި މަސް ގަންނަ އަގަށް ބަދަލު އަތުވެދާނެ ކަމަށެވެ. އެކަމަކު، މަސް ގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށް ނުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. https://sun.mv/222775 ކަޅުބިލަމަސް މިއަދު ގަތް އަގު މަތިވި ނަމަވެސް، އިއްޔެ އަޅާބަލާއިރު 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި ގަތް އަގަކަށް ބަދަލެއް ނާދެއެވެ. މި ގޮތުން 10.15 ކިލޯގެ ކަންނެލި ކިލޯއެއް މިފްކޯއަށް ގަތީ 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަޅުބިލަމަސް ކިލޯއެއް ގަނެފައިވަނީ 25 ރުފިޔާއަށެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު، މަސްވެރިންނަށް މިފްކޯއިން ދޫކުރި ފައިސާ އޭޕްރީލް މަހަށް ވުރެ 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ