ވޯލްޑް ކަޕް 2026: ޕެރަގުއޭ ބަލިކޮށް އެމެރިކާއަށް ތާރީޚީ ބޮޑު މޮޅެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ އެމެރިކާއިން 4-1 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށްފިއެވެ. ރާއްޖެގަޑިން ހޮނިހިރު ދުވަހުގެ ފަތިހު ލޮސް އެންޖެލިސްގެ ސޯފައި ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ކޭޓީ ޕެރީ، ޓީލާ އަދި ފިއުޗާ ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތަކާއެކު ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މެޗު ބަލަން 70,492 އަށްވުރެ ގިނަ ސަޕޯޓަރުން ވަދެ ތިއްބެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މެޗަށް ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް، މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު އެމެރިކާ ޓީމުން ވަނީ ދަނޑުމަތީގައި ތަފާތު މޮޅު އަދި އެޓޭކިންގް ކުޅުމެއް ދައްކައި ސަޕޯޓަރުން އުފާކޮށްދީފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެމެރިކާގެ ޓީމަކުން އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. މެޗު ފެށިގެން ހަތްވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލީޑު ނަގާފައެވެ. މިއީ ކެޕްޓަން ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި، ވެސްޓަން މެކެނީ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޕެރަގުއޭގެ ޑޭމިއަން ބޮބަޑިއްލާ އަތުން ބައިކޮށްަށް ވަން ލަނޑެކެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން-- އޭގެފަހުން، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފޯވާޑް ފޯލަރިން ބަލޮގުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި އެމެރިކާގެ ލީޑު ފުޅާކޮށްދީފައެވެ. ބަލޮގުންގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓުގައި ޕުލިސިޗްގެ އެހީތެރިކަމާއެކު ކާމިޔާބުކުރިއިރު، ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައެވެ. މި ދެ ލަނޑާއެކު ބަލޮގުން ވެގެންގޮސްފައިވަނީ 1930 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގައި އެއް މެޗެއްގައި އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖެހި އެމެރިކާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ޝަރަފް ހޯދާފައިވަނީ 1930 ވަނަ އަހަރުގެ ފުރަތަމަ ވޯލްޑް ކަޕްގައި ޕެރަގުއޭއާ ދެކޮޅަށް ހެޓްރިކް ހެދި ބާޓް ޕެޓެނޯޑްއެވެ. ދެވަނަ ހާފު ފެށުމުގެ ކުރިން އެމެރިކާގެ މުހިންމު ކުޅުންތެރިޔާ ޕުލިސިޗް ބަދަލުކުރި ނަމަވެސް، އެމެރިކާއިން ދިޔައީ ޕެރަގުއޭއަށް ބޯޅަ ހިފަހައްޓާނެ ފުރުސަތެއް ނުދީ މެޗު ކޮންޓްރޯލް ކުރަމުންނެވެ. އެހެންނަމަވެސް، ކުޅުމުގެ އޮއިވަރާ ދެކޮޅަށް 72 ވަނަ މިނެޓުގައި ބްރެޒިލްއަށް އުފަން ޕެރަގުއޭގެ މައުރީސިއޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މިއީ ހޫލިއޯ އެންސީސޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑުން މެޗުގެ ނަތީޖާއަށް ބަދަލެއް ނައި ނަމަވެސް، ގްރޫޕް ސްޓޭޖް ނިމޭއިރު ގޯލުގެ ތަފާތުން ކުރިހޯދުމަށް ޕެރަގުއޭއަށް މިއީ މުހިންމު ލަނޑަކަށް ވެދާނެއެވެ. ފީފާ ވޯލްޑް ކަޕް 2026 ގައި އެމެރިކާއާއި ޕެރަގުއޭ ބައްދަލުކުރި މެޗުގެ ތެރެއިން-- އެމެރިކާއިން މެޗުގެ ނަތީޖާ މުޅިން ނިންމާލީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖިއޮވާނީ ރޭނާ ވަނީ އިތުރު ވަގުތުގެ ފަހު ސިކުންތުގައި 20 ޔާޑު ބޭރުން ހިތްގައިމު ގޮތަކަށް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި، އެމެރިކާއަށް 4-1 ގެ ބޮޑު މޮޅެއް ކަށަވަރުކޮށްދީފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެމެރިކާ ހޯދި އެންމެ ބޮޑު އަދި އެންމެ ގިނަ ލަނޑު ޖެހި މޮޅެވެ. މީގެކުރިން އެމެރިކާގެ އެންމެ ބޮޑު މޮޅަކީ 1930 ވަނަ އަހަރު ބެލްޖިއަމް އަދި ޕެރަގުއޭ އަތުން 3-0 އިން މޮޅުވި މެޗުތަކެވެ. މިއީ ވޯލްޑް ކަޕްގައި 24 އަހަރުގެ ތެރޭގައި ޕެރަގުއޭ އަތުން އެމެރިކާ ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ. މި މޮޅާއެކު ގްރޫޕް ޑީގެ އެއްވަނައިގައި 3 ޕޮއިންޓާއެކު އެމެރިކާ އޮތްއިރު، ޕެރަގުއޭ އޮތީ ގްރޫޕްގެ ފުލުގައެވެ. ކުރިއަށް އޮތް މެޗުތަކަށް ބަލާއިރު، އެމެރިކާ ދެން ބައްދަލުކުރާނީ ޖޫން 19 ވާ ހުކުރު ދުވަހު އޮސްޓްރޭލިއާއާއެވެ. އަދި ޕެރަގުއޭ ނުކުންނާނީ ޖޫން 20 ވާ ހޮނިހިރު ދުވަހު ތުރުކީއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ