އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި ޑިޖިޓަލް ބޭންކިންގްގެ ރާސްތާގައި އެމްއައިބީން 15 އަހަރު ފުރިހަމަކޮށްފި ގދ. ތިނަދޫގައި އެމްއައިބީ އިން ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެމްއައިބީ ގެ “އުޖާލާ މަސްވެރިޔާ” ޕައިލެ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ރުފިޔާ ޑެބިޓް ކާޑުތަކުން ބައެއް އީކޮމާސް ސައިޓުތަކުގައި ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓް ކުރަން އެ ބޭންކުން ނިންމައިފިއެވެ.
އެމްއައިބީން ހާމަކުރި ގޮތުގައި، އެ ބޭންކުގެ ރުފިޔާ ކާޑުތަކަށް ދެމުން އައި 250 ޑޮލަރު ގެ ލިމިޓަކީ ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ދޫކޮށްފައިވާ ލިމިޓެކެވެ. ނަމަވެސް، ފަހަކަށް އައިސް ބައެއް ކަސްޓަމަރުން ޒަރޫރީ ބޭނުންތަކުގެ ބޭރުން އެހެނިހެން ކަންކަމަށް މި ލިމިޓް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބޭންކުން ބުނެއެވެ. މި ނިންމުމާއެކު އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި މި ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތަކަށް ފިޔަވައި، ކަސްޓަމަރުންގެ އާއްމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓްތަކާއި، ރާއްޖޭން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި، ސިއްހީ ޚިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކިއެކި ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓްގެ ތެރެއިން ބޭނުން ކުރެވޭނެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ ބޭންކުތަކަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް ވަނީ ކާޑުތަކުގެ ޑޮލަރު ލިމިޓުތަކަށް ބަދަލުތަކެއް ގެނެސްފައެވެ. މިކަމުގެ ސަބަބުން އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ހުރަސްތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ