ފުޓްބޯޅަ
މެޗުތަކުގެ ސްކޯދިމާކުރާ މުބާރާތްތައް ބާއްވައި، ބޮޑެތި އިނާމުތައް ހޯދޭ ގޮތަށް
"މިހާރު" އިން ލޯންޗުކޮށްފައިވާ ސްކޯ ޕްރެޑިކްޓާ، މިރޭ ފަށާ މި އަހަރުގެ
ވޯލްޑް ކަޕުގައި ވެސް ކުރިއަށްގެންދާނެ އެވެ.
މީގެ
ހަތަރު އަހަރު ކުރިން 2022 ގައި އޮތް ވޯލްޑް ކަޕަށް ލޯންޗުކުރި "މިހާރު"
ސްކޯ ޕްރެޑިކްޓާއަކީ ވަރަށް ގިނަ ބަޔަކު ބައިވެރިވެ، މިލިއަނުން ސްކޯ ޕްރެޑިކްޓްކުރި
ކާމިޔާބު ޕްލެޓްފޯމެކެވެ.
"މިހާރު"
ސްކޯ ޕްރެޑިކްޓާގައި އާއްމުންނަށް ބައިވެރިވެވޭ ގޮތަށް ޕަބްލިކް ގްރޫޕްތަކާއި،
އާއިލާ، އޮފީސް އަދި ރައްޓެހިންނަށް ހާއްސަކޮށްގެން ޕްރައިވެޓް ގްރޫޕްތައް ވެސް
ހެދޭނެ އެވެ.
ރާއްޖޭގެ
ވަރަށް ގިނަ ވިޔަފާރި ކުންފުނިތަކުން އަންނަނީ އާއްމުންނަށް ބައިވެރިވެވޭ ގޮތަށް
ޕަބްލިކް ގްރޫޕްތައް ހަދަމުންނެވެ. މީގެން ކޮންމެ ގްރޫޕެއްގައި ކުރިއަށްގެންދާ
ސްކޯ ޕްރެޑިކްޓާ މުބާރާތުން ވަނަ ހޯދާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ވަނީ
ހުށަހަޅައިފަ އެވެ.
"ހަމަ
އެގޮތަށް އޮފީހަކުން ބޭނުންވީ އެތަނެއްގެ މުވައްޒަފުންނަށް އެކަނި ގްރޫޕެއް
ހަދަން. ނުވަތަ އާއިލާއަކުން އެ އާއިލާއެއްގެ މެމްބަރުންނަށް ނޫނީ
ރައްޓެހިންތަކެއް އެ މީހުންގެ މެދުގައި ގްރޫޕެއް ހަދަން ބޭނުންވެއްޖެއްޔާ ޕްރައިވެޓް
އޮޕްޝަން އޮންނާނެ،"
ޕްރައިވެޓް
ގްރޫޕްތަކުގައި ބައިވެރިވެވޭނީ އިންވިޓޭޝަން ލިންކަކުންނެވެ.
"މިހާރު"
ވެބްސައިޓުގައި ޔޫސާއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށް ފަހު ސްކޯ ޕްރެޑިކްޓާގައި
ބައިވެރިވެ ގްރޫޕްތަކަށް ޖޮއިންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ކޮންމެ
ޔޫސާއަކަށް ވެސް "މައި ޕްރެޑިކްޝަންސް" އިން އެ މީހެއްގެ ޕްރެޑިކްޝަންތައް
ފެންނަން ހުންނާނެ އެވެ. ކޮންމެ މެޗެއްގެ ސްކޯ ދިމާކުރުމުގެ ފުރުސަތު އޮންނާނީ
މެޗު ފެށުމާ ހަމަޔަށެވެ. އަދި ސްކޯ ޕްރެޑިކްޓްކުރެވޭނީ އެއް ފަހަރު އެވެ.
"ސްކޯ
ދިމާކުރެވޭ ވަރަކަށް ޕޮއިންޓްތައް ލިބެމުންދާނީ،"
އެމެރިކާ،
ކެނެޑާ، އަދި މެކްސިކޯގައި މިރެއިން ފެށިގެން ދޮޅު މަހެއްހާ ދުވަހަށް ކުރިއަށްދާ
ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން އަންނަނީ ހާއްސަ ކަންކަން
ކުރަމުންނެވެ. އެގޮތުން ފޮތެއް ނެރެ، ވެބްސައިޓެއް ވަނީ ގާއިމްކޮށްފަ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކާއި، ކުޅުންތެރިންގެ ޕްރޮފައިލްތަކާއި،މައުލޫމާތުގެ
އިތުރުން މުބާރާތާ ގުޅޭ ޝައުގުވެރި ލިޔުންތައް ފޮތުންނާއި، ވެބްސައިޓުން ލިބޭނެ
އެވެ. އަދި މުބާރާތުގެ ސްކޯ ވޯލްޗާޓު ވެސް ހަދައި އަންނަނީ އާއްމުންނަށް
ބަހަމުންނެވެ.
"މިހާރު" ގެ ވޯލްޑް ކަޕް ސްކޯ ޕްރެޑިކްޓާ: ފޯރިގަދަވާނެ، އިނާމު ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ