އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުއަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ޑީންސް އެވޯޑު ލިބިއްޖެ އެވެ.
މި އަހަރު އަލަށް ދޭން ފެށި ޑީންސް އެވޯޑަކީ އެމްއެންޔޫގެ ދަރިވަރުންގެ ތެރެއިން ކޮންމެ ކޯހަކުންވެސް، ކޮންމެ ސެމިސްޓާއެއްގައި އެންމެ މަތިން ފާސްވާ ދަރިވަރަކަށް ދޭ އެވޯޑެކެވެ.
ލީވާންއަށް ޑީންސް އެވޯޑު ލިބުނީ އޭނާ ކިޔަވަމުންދާ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަން ކޯހުން މިދިޔަ އަހަރުގެ ދެވަނަ ސެމިސްޓާގައި އެންމެ މަތީ ފާސް ހޯދުމުންނެވެ.
އެމްއެންޔޫގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ލީވާންއަށް ޑީންސް އެވޯޑު ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުގީ އެވެ.
ލީވާންގެ އިތުރުން އެ ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރަމުންދާ އެހެން ކޯސްތަކުގެ ދަރިވަރުންނަށް ވެސް ޑީންސް އެވޯޑު މިއަދު ދީފައިވެ އެވެ.
ލީވާންއަކީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅޭ ހަބަރެއް ލިޔެގެން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ކްރިމިނަލް ކޯޓުން އިއްވި ނޫސްވެރިއެކެވެ. އެ ހުކުމުގެ 10 ދުވަސް ފިޔަވައި ދެން އޮތް ބައި ޝަރީއަތުން ވަނީ ޖޫރިމަނާއަށް ބަދަލުކޮށްދީފަ އެވެ.
ނޫސްވެރިކަމުގައި 12 އަހަރު ހޭދަކޮށްފައިވާ ލީވާންއަކީ މީގެ ކުރިން ވެސް ނޫސްވެރިކަން ކުރުމުގެ ސަބަބުން ދައުލަތުން އަދަބު ދީފައިވާ ނޫސްވެރިއެކެވެ.
އަދަދުގެ ނޫސްވެރިޔާ ލީވާންއަށް އެމްއެންޔޫ ޑީންސް އެވޯޑު ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ