ރާއްޖެ އެތެރެކުރުމުގެ ހުއްދައާއި ރަޖިސްޓްރީ ނެތި ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ އާންމުކޮށްފިއެވެ.
އެމްއެފްޑީއޭއިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީގެ ހުއްދަ އޮންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ތަކެތި ކަމަށެވެ.
ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެކި ބާވަތްތަކުގެ ބޭސް އެތެރެކޮށް، އޮންލައިންކޮށް އަދި އާދައިގެ ފިހާރަތަކުގައިވެސް ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ގޮތް ނޭނގޭ ބޭހާއި ބޭހުގެ ބާވައްތައް އިމްޕޯޓްކޮށް ވިއްކުމުން އެބޭނުންކުރާ ފަރާތްތަކަށް ހީވެސް ނުކުރާފަދަ ބޮޑެތި ސިއްހީ ނުރައްކަލަކާ ކުރިމަތިލާންޖެހުމަކީ ވަރަށް ގާތުގައި އޮތްކަމެއް ކަމަށް އެފްޑީއޭއިން ބުނެއެވެ.
އެ އެޖެންސީން ބުނީ މިގޮތަށް ރަޖިސްޓްރީނުކޮށް އިމްޕޯޓްކޮށް އޮންލައިން ޕްލެޓްފޯރމް ތަކާއި އާދައިގެ ފިހާރަތަކުގައި އެންމެ ގިނައިން ވިއްކަމުންދާކަމަށް މިވަގުތު 21 ބޭހެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ހުއްދަނެތި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ އޮންލައިން ޕްލެޓްފޯރމްތައް އަދި އާދައިގެ ފިހާރަތަކައް ބޭހާއި ބޭހުގެ ޤަވައިދު އަދި ސިއްހީ ހިދުމަތް ދިނުމުގެ ޤާނުނު ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފައެވެ.
ހުއްދަ ނެތި ވިއްކަމުންދާ ބޭސްތަކެއްގެ މައުލޫމާތު އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ