'އީދު ގޮއްޔެ' ރަނގަޅަށް ވެސް ވައިގައި ހިފައިފި

އީދާ ގުޅުވައިގެން އަބަދުވެސް ތަފާތު ވީޑިއޯ އާއި ލަވަތައް އެކި ޕްރޮޑަކްޝަން ހައުސްތަކާއި، ބޭންޑްތަކުގެ އިތުރުން ރަށްރަށުގެ ޖަމިއްޔާތަކުން ވެސް އަންނަނީ ނެރެމުންނެވެ.
މިފަހަރުގެ ބޮޑު އީދާ ގުޅިގެން ވެސް ގިނަ ލަވަތައް ފެނުނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ވައިރަލްވި އެއް ލަވައަކީ 'އީދު ގޮއްޔެ' އެވެ. މިއީ 'ހޭވައްލާ' ބޮޑުބެރު ގުރޫޕާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން އުފެއްދި ލަވައެކެވެ.
މީގެ ހަތަރު ދުވަސް ކުރިން ނެރުނު 'އީދު ގޮއްޔެ' ލަވަޔަށް މިހާރު ލައްކައަކަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ. ލަވައިގެ ލީޑުގައި ފެންނަނީ ވާޝިޔާ މުހައްމަދު، އިޝްފާން، އަހުމަދު ވަލީދު އަދި މޫސާ ފާހިރު އެވެ.
ގެސްޓް އެޕިއަރެންސްގެ ގޮތުން އައިމިނަތު ރަޝްފާ (އާޝާ) އާއި ހުނެއިޝާ ނަސީރު (ހުނޫ) ވެސް ފެނެ އެވެ. ބޭނުންކޮށްފައި ހުރީ ދިވެހިވަންތަ ޒަމާނީ ހެދުންތަކެވެ.
ލަވަ މިހާ ބޮޑަށް ވައިރަލްވުމުގައި އެތައް ސަބަބެއް ހިމެނެ އެވެ. 
ހޭވައްލާގެ އަމިއްލަ ރާގެއްގައި އުފެއްދި ލަވަ އަޑުއަހާލަން ފަސޭހަ އެވެ. ކިޔައިދެނީ ރަށްފުށުގެ އީދުގެ ސާދާ ވާހަކައެކެވެ.
ލަވައިގެ ވީޑިއޯ ފުރިހަމަވަނީ ޒަމާނީ ސިނެމެޓޮގްރަފީގެ ހިތްގައިމެވެ. ކޮސްޓިއުމްތަކުގެ ޗާލުކަމާއި ރަށުވަންތަކަން ފެންނަ އިރު ބޮޑުބެރުގެ ބީޓާ އެއްވަރަށް ފައިހަމަކުރާ ނެށުން ވެސް ފުރިހަމަ އެވެ.
'އީދު ގޮއްޔެ'ގެ ޑިރެކްޓަރަކީ ލިޔުންތެރިޔާ އަޒްހާން އިބްރާހިމް އެވެ. މިއީ އޭނާގެ ފުރަތަމަ އީދު ލަވަ އެވެ.
އަޒްހާން ބުނީ މިއީ އޭނާ ހޭވައްލާާއާ އެކު މަސައްކަތްކުރާ ތިން ވަނަ ފަހަރު ކަމަށެވެ. 
"ލަވައިގައި ހިމެނެނީ އަޅުގަނޑުގެ ކޮރިއޯ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އީދުގެ ތެރެއިން މި ލަވަ ފެނުމަކީ ވަރަށް ބޮޑު ސަޕްރައިޒެއް،" އަޒްހާން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ