މަޖީދިއްޔާ ސުކޫލު ކްލާސްރޫމް ތަކުގައި އޭސީ ހަރުކުރަން ބެލެނިވެރިން އަތުން ފައިސާނެގި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

މަޖީދިއްޔާ ސުކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް، އެ ސުކޫލުގެ ބެލެނިވެރިން އަތުން ފައިސާ ނެގިކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ތަޢުލީމީ ވުޒާރާއިން ދޮގު ކޮށްފިއެވެ. 
ސަރުކާރުން ފަށާފައިވާ ”ކޫލް ސްކޫލް“ ޕްރޮޖެކްޓްގެ ދަށުން މަޖީދިއްޔާ ސްކޫލުގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކުރުމަށް ކޮންމެ ބެލެނިވެރިއެއްގެ އަތުން -/297 ރުފިޔާ ނަގަމުންދާ ކަމަށްބުނެ މީހަކު ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. 
އެގޮތުން އެމީހާ ފޭސްބުކުގައި ކުރި ޕޯސްޓުގައިވާ ގޮތުން، އެ ފައިސާ ދައްކަން އަންގާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ފައިސާ ދައްކަންޖެހޭ އެންމެ ފަހު މުއްދަތަކީ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހެވެ. 
Advertisement
އެ މުއްދަތުގެ ތެރޭގައި ފައުސާ ނުދައްކާ ކުދިންގެ ނަން، ސްކޫލް ނޯޓުސް ބޯޑުގައި އާއްމުކުރާނެ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.
އަދި ބެލެނިވެރިން އަތުން ފައިސާ ނަގަން ނިންމާފައިވާކަން އަންގައި، ސުކޫލުން ވައިބާ ގުރޫޕަށް ފޮނުވި ކަމަށް ބުނާ މެސުޖުގެ ފޮޓޯ އަކާއި ލާރި ފޮނުވި ކަން ހާމަވާ ސްލިޕެއްވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ. ނަމަވެސް އެ މެސެޖަކީ ކޮން އިރަކު، ކޮން ގުރޫޕަކަށް ކާކު ލާފައި އިން މެސެޖެއްކަން ޕޯސްޓުން އެނގޭކަށް ނެތެވެ. 
މި މައްސަލާގައި ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި މިނިސްޓްރީއަށް އަންނަނީ އަމާޒު ވަމުންނެވެ. 
މިކަމާއި ގުޅިގެން ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އެފަދަ އެންގުމެއް ސުކޫލުން އަންގާފައި ނުވާ ކަމަށް އެ ސުކޫލުން މިނިސްޓްރީއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. 
”ތިއީ ތެދު މައުލޫމާތެއް ނޫން. އެފަދަ ކަމެއް ނުހިނގާ ކަމަށް ސްކޫލުން މިނިސްޓްރީއަށް މައުލޫމާތު ދިން“ އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ. 
ސަރުކާރުން ފަށާަފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރުމަށް މިނިސްޓްރީއިން މިވަނީ އަމާޒުހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ