ގައުމީ އެއާލައިން އުދުހުން ފުޅާކުރުން | ބޮޑު ބޯޓު ރާއްޖެ ގެންނަން ތައްޔާރު ވަނީ

މޯލްޑިވިއަން އިން ވަނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ ބޯޓު ގަނެ ޕެއިންޓް ކުރަން ތައްޔާރު ވަމުންނެވެ.
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޔޫރަޕަށް އުދުހުން ފަށަން ބޯޓު ގަނެ ބޯޓު ގެނައުމުގެ ތައްޔާރީތައް ފަށައިފި އެވެ. 
ދަ މިރާ އަށް އެނގިފައިވާ ގޮތުގައި ގައުމީ އެއާލައިން އިން ވަނީ އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ ބޯޓު ގަނެ ރާއްޖެއަށް ބޯޓު ގެނައުމުގެ ކުރިން ކުރަން ޖެހޭ ބައެއް ތައްޔާރީތަކުގެ މަސައްކަތް ފަށާފަ އެވެ. ބޯޓު ރާއްޖެ ގެނައުމުގެ ކުރީގައި ބޯޓުގެ ޕެއިންޓް ކުރުމުގެ މަސައްކަތްތަކުގެ ތައްޔާރީތައް ފަށާފަ އެވެ. 
މޯލްޑިވިއަން އިން ކުރިން ބުނެފައިވާ ގޮތުގައި އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ ބޯޓު ރާއްޖެ ގެނެސް އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޔޫރަޕާއި ޗައިނާގެ މަންޒިލްތަކަށް އުދުހުންތައް ފަށާނެ އެވެ. 
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތައް ދުނިޔެ އަށް ފުޅާކުރަން ބޯޓު ހޯދަން ހަވާލުކޮށްފައިވަނީ  ދުނިޔޭގެ ބޮޑެތި އެއާލައިންތަކަށް ބޯޓު ފޯރުކޮށްދޭ ޓްރޫނޯޑް ކުންފުންޏާ އެވެ.  
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ