އަންހެނަކަށް އަނިޔާކުރި ތިނަދޫ މީހަކު ހައްޔަރުކޮށްފި ތިން ބާވަތެއްގެ ދޫނި ހިފުން ތިނަދޫގައި މަނާކޮށްފި ތިނަދޫ ހަގީގީ މާނައިގައި ސިޓީއަކަށްވެގެން ދާނެ: ރައީސް ތަފާތި ޑިޒައިނަކަށް ތަރައްގީކުރާ ތިނަދޫ ވައިގެ ބަނދަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި މަގުބޫލު ލިޔ

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުއްވައިދެއްވައިފިއެވެ.
ރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 55 އަހަރު ފުރުމާއި ގުޅުވައިގެން ބޭއްވި ހަފްލާގައި ބްލަޑް ބޭންކް ހުޅުއްވައިދެއްވެވީ ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޚަލީލް ވިދާޅުވީ ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރުތެރޭގައި ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށާއި ތިނަދޫ ސިޓީގެ ރައްޔިތުން ބޭނުންވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން ކަމަށާއި އެ މަސައްކަތަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާވާނެ މަސައްކަތެއް ކަމަށެވެ.
އަދި އެ ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރާއެކު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރެއް ވެސް ގާއިމުކުރުމަށް ރާވާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ.
ސިއްޙަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ އެމަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ޓަރޝަރީ ހޮސްޕިޓަލް އަޅާނީ މިހާރު ހޮސްޕިޓަލް ހުރި ބިމުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތުގެ މަޝްރޫއު ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ)އާ ހަވާލުކޮށްފައި ވަނީ މިދިޔަ ވެރިކަމުގެ ފަހުކޮޅުގައި އޮގަސްޓު 30ގައެވެ.
އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހަފުލާގައި މިނިސްޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދައިރާގެ މެންބަރު ސައުދުالله ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ