ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ހުކުރު ދުވަހު ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް ވިއްސާރެ ވެހޭނެ ކަމަށާއި، ހޮނިހިރު ދުވަހު މި ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.
ހަމައެއާއިއެކު، މެދު ރާއްޖެ ތެރެއަށް އެ ދެދުވަހުވެސް ވިއްސާރަ ވެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ހުކުރު ދުވަހު ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރެ ވެހޭނެ ކަމަށާއި، ހޮނިހިރު ދުވަހު މި ސަރަހައްދަށް ކެރީގެ އަސަރުކުރާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
Advertisement
މިއީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަހައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާއި ގުޅިގެން ކުރަމުންދާ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެއެވެ.
މި ވިއްސާރައިގައި، ރާއްޖެ ސަރަހައްދަށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖެ އަށް މޫސުން ގޯސް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ