ވަތަނީ ހިދުމަތަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ވަތަނީ ހިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފި އެވެ.ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ހާއްސަ ޕްރޮގްރާމެކެވެ. މީގައި 18 އަހަރު ނުވާ ކުއްޖަކު ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާ އަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެ އެވެ.ވަތަނީ ހިދުމަތުގެ ތިން ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލި އިރު، މީގެ ދެވަނަ ބުރު މިދިޔަ ޖެނުއަރީގައި ފަށައިގެން ކުރިއަށް އެބަދެ އެވެ. އެ ބެޗުގައި 112 ރަށަކުން 350 ޒުވާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗްގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި 344 ޒުވާނަކު ދަސްވެނިވިފައިވެ އެވެ.ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ސިފައިން ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ބައިވެރިވުމަށް ކުރިން ދީފައިއޮތް މުއްދަތު ކަމުގައިވާ މިމަހުގެ 5ވަނަ ދުވަހާ ހަމައަށް ބަންދުދުވަސްތަކެއް އައިސްފައިވާތީއާއި މި ޕްރޮގަރާމުގައި ބައިވެރިވުމުގެ މުއަދަތު އިތުރުކޮށްދިނުމަށް ބެލެނިވެރިންވެސް އެދެމުންދާތީކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ