ނުރައްކާތެރި މިންވަރަކަށް ވައި ނުސާފުވެ، ރަތް ސަމާލު ނެރެފި

ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދުގައި ވައި ނުސާފުވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރެޑް އެލާޓު ނެރެފި އެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ވައިގެ ކޮލިޓީ ނުވަތަ އެއާ ކޮލިޓީ އިންޑެކްސް މިވަގުތު ހުރީ 170 ގައެވެ. އެއާ ކޮލިޓީ  އިންޑެކްސް 151-200 އާ ދެމެދު ހުންނަ ނަމަ ނެރެނީ ރަތް ސަމާލެވެ. އޭގެ މަނާއަކީ ވައިގެ ނުސާފުކަން ހުރީ އެންމެންނަށް ނުރައްކާވާ މިންވަރަށެވެ.
މި ދަރަޖައަށް ވައި ނުސާފުވުމަކީ ސިއްހީގޮތުން ނޭދެވޭ އަސަރު ކުރުމާއި ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ