އަންނަ ރަމަޟާން މަހު އިޙްޔާ ފޯރަމްތަކުގައި ޤުރްއާން ކިޔަވާނީ ދިގު ރާގަށް ޤުރުއާން ކިޔެވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންނާއި ކުޑަކުދިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިރޭ ވިދާޅުވި ގޮތުގައި އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ރަމަޟާން މަހު އިޙްޔާ ފޯރަމްތަކުގައި ޤުރްއާން ކިޔަވާނީ ދިގު ރާގަށް ޤުރުއާން ކިޔެވުމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ޒުވާނުންނާއި ކުޑަކުދިންނެވެ.
ކޮންމެ އަހަރަކު ރަމަޟާން މަހު އިޙްޔާ ފޯރަމްތައް ބާއްވަ އެވެ. ހަފްތާއަކު ދެ ރޭ އޮންނަ ފޯރަމްގައި ޤުރުއާން ކިޔެވުމާއި ދީނީ ދަރުސް ދިނުން އޮވެ އެވެ.
މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ފެއްޓެވި ޕްރަގްރާމެކެވެ.
މި ފަހަރު އިހްޔާ ފޯރަމްގައި ޤުރުއާން ކިޔަވާނީ ދިގު ރާގަށް ކިޔެވުމުގައި ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނާއި ކުޑަކުދީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ