އަހަރީފީ ތަކާއި ޖޫރިމަނާ އޮތަސް ބައު ވެހިކަލްތަކުގެ ރަޖިސްްޓްރީ ބާތިލްކޮށް ދޭން ނިންމާ އެ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތައް ބައުވެ ހަލާކުވެ ނައްތާލަން ބޭނުންވާ ޙާލަތްތަކުގައި، އުޅަނދުގެ ރަޖިސްޓްރީ ބާޠިލްކުރުމާއި އުޅަނދު ނައްތާލުމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ބަދަލެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން އުޅަނދާ ގުޅިގެން އަރާފައިވާ އަހަރީފީ ތަކާއި ޖޫރިމަނާ ހުރި ކަމުގައިވީނަމަވެސް، އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރެވޭ ގޮތަށް ނިންމާފައިވާ ކަަމަށެވެ.
މިގޮތަށް ނިންމި ނަމަވެސް، އުޅަނދުގެ ރަޖިސްޓްރީ ބާތިލް ކުރުމާ ހަމައަށް ނުދައްކާހުރި އަހަރީ ފީ އާއި ޖޫރިމަނާ އަކީ، އުޅަނދުގެ ވެރިފަރާތުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި އޮންނާނެ ކަމަށް ބުންޏެވެ.
އަހަރީފީ ތަކާއި ޖޫރިމަނާ އޮތަސް ބައު ވެހިކަލްތަކުގެ ރަޖިސްްޓްރީ ބާތިލްކޮށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ