އައްޑޫން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ބަދަލުނުކުރަން ނިންމައިފި ރ. ދުވާފަރުން، މަސްތުވާތަކެއްޗާއެކު ފަސް މީހުން ހައްޔަރުކޮށްފި ރައީސްގެ ދަރިކަލުންގެ ހައްގު ގެއްލުނު މައްސަލަ: ފައްޔާޒާއި މަންދީގެ ފަރާތުން ހައިކޯޓަށް ކަނޑޫމާ ތިލަ ކައިރިން މަރުވެފައި

ގިނަ ދާއިރާތަކަކުން ޒުވާނުން ހިމަނައިގެން ބާއްވާ ޒުވާނުންގެ ގައުމީ ކޮންފަރެންސް ފަށައިފި އެވެ.
މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދާއި އެވުޒާރާގެ އިސްވެރިންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވި އެވެ.
“ނޭޝަނަލް ޔޫތު ކޮންފެރެންސް” ނުވަތަ ޒުވާނުންގެ ގައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޔޫތް މިނިސްޓްރީއާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.
ދެ ދުވަހުގެ މުއްދަތައް މާލޭގައި ޔޫތު ހަބްގައި ކުރިއަށްދާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެއެވެ. މިއަހަރުގެ މިކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ހައްލެއް ހޯދުމާއި، ޒުވާނުންގެ ގައުމީ ސިޔާސަތެއް އެކުލަވާލުމެވެ.
މީގ އިތުރުންވެސް ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމާއި، ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މިކޮންފަރެންސްގެ ބޭނުމެއް ކަމަށްމިނިސްޓްރީން ބުނެއެވެ.
މިކޮންފަރެންސްގައި ޖުމްލަ 6 މައުލޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް މިސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި، ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމުކުރުމުގެ އިތުރުން ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދިނުމަށް “ޒުވާނުންގެ ވެހި” ވަނީ ހުޅުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ