ރަޝިއާއަށް ކަނޑައެޅުއްވި ސަފީރު ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖޭން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް މިއަދު އަރުވައިފިއެވެ.ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ފަތްކޮޅު އެރުވުމަށްފަހު، ސަފީރު އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ޕުޓިންއަށް އަރިސްކުރައްވާފައި ކަމަށެވެ.ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފަކީ މިހާރުވެސް ތުރުކީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރެވެ. ރަޝިއާގެ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާ ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގައެވެ.ފޮރިން މިނިސްޓްރީއިން ބުނީ ގޮތުގައި މި ރަސްމިއްޔާތަކީ ރާއްޖެއާއި ރަޝިއާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައާއި، ބައިނަލްއަޤގްވާމީ މައިދާނުގައި ރާއްޖެއާ ގާތްގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ