ފ. ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އެ އަލިފާންގަނޑު ނިއްވާލާފައި ވަނީ މިއަދު 10:35 ގައި ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 9:30ގައެވެ. އެއާއެކު ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔާ ސްޓޭޝަނުން ވެސް ވަނީ މި ހާދިސާގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ.
މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން މިހާރު އަންނަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުންނެވެ. ނަމަވެސް އެ މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ހަތަރު ދޯންޏަކާއި އަދި ފީއަލީގެ އައިސްޕްލާންޓު ވަނީ އަނދާފައެވެ. ހަަމއެއާއެކު ފީއަލީ ފިއުލް ޝެޑްގެ ބައެއްގައި ވެސް އަލިފާން ރޯވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަޕްޑޭޓް: ފީއަލީ ޖެޓީގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ