2021 ވަނައަހަރު މީދޫ ދޯންޏެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ޝާހީނަށް ވަޅިން ހަމަލާދީ. މަރާލި ކަމަށް ތުހުމަތުކުރެވޭ، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށްލުމާއެކު، 1.25 މިލިއަން ރުފިޔާ ދެއްކުމަށް، ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ، އެ ދައުވާއަށް މަސްއޫދު އިންކާރުކުރި ނަމަވެސް އެ ހަމަލާދިނުމުގެ ކުރިން އޭނާއާއި ޝާހީނާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި އަދި އިރުކޮޅެއްފަހުން ޝާހީންގެ ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށް ހެކިން ހެކިބަސްދީފައިވާ ކަމަށެވެ. އަދި އެވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.
ކުމުގައިވަނީ ޝާހީނަށް މަސްއޫދު ވަޅިން ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. އަދި ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް އެ މީހުން ބުނާތީ، އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެއެވެ. މީގެ އިތުރުން، ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަހިފުމަށް ވެސް ހުކުމުގައި މަސްއޫދަށް ނަސޭހަތްތެރިވެފައިވެއެވެ.
މީހަކު މަރާލި ބިދޭސީއަކު އުމުރަށް ޖަލަށްލާން ހުކުމް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ