އެމްޑީޕީން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ލޯންޗުކޮށްފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީން މާލެއަށް ތައްުޔާރު ކުރި 'އަމާނާތްތެރި ހިދުމަތް، މާލެ ސީޓީގެ ވިންދު' މެނިފެސްޓޯ ރޭ އިފްތިތާހުކޮށްފި އެވެ.އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ލޯންޗުކުރީ "އަމާނާތްތެރި ހިދުމަތް، މާލެ ސިޓީގެ ވިންދު" މެނިފެސްޓޯ އެވެ. މި މެނިފެސްޓޯގައި މައިގަނޑު ތިން ދާއިރާއަކުން ގިނަ ވައުދުތަކެއް ވަނީ ހިމަނާފަ އެވެ.މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ވައުދުތައްހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު މާލޭގެ އިހުތިސާސްގައި ހިމެނުންރިވޯލްވިން ހައުސިން ފަންޑެއް ގާއިމުކޮށް، ގޯތިގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުންމާލެ ސިޓީގެ ބައުވެ ނައްތާލަންޖެހިފައިވާ އިމާރާތްތައް ނައްތާލުމުގައި ފަސޭހަކޮށްދިނުންސިޓީ ކައުންސިލުގައި ޓްރެފިކް މެނޭޖުމަންޓު ޔުނިޓެއް ގާއިމުކުރުންމަލްޓިޕާޕަސް ޕާކިން ބިލްޑިން ތަރައްގީކޮށް، "ގެދޮށު ޕާކިން" ތައާރަފުކުރުންކުނި އުކާލުމުގައި ފަސޭހަ އަދި އަގުހެޔޮ ނިޒާމެއް ގާއިމުކުރުންފްލީ މާކެޓެއް ތައާރަފުކުރުންލަފާފުރާ ސަރަހައްދުތަކަށް ޖާގަ އިތުރުކޮށް ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރުންއާސާރީ ތަންތަން ބެލެހެއްޓުން ކައުންސިލުގެ ދަށަށް ގެނައުންއަލަތު ކައިވެނީގެ ވަލީމާހިލޭ ބޭއްވޭނެ އިންތިޒާމެއް ގާއިމުކުރުންއުމުރުން ދުވަސްވީ މީހުންނަށް ނާސިން ހޯމް ފެސިލިޓީ ގާއިމުކުރުންވޯކްއިން ޑޭކެއާ ސެންޓަރެއް ގާއިމުކުރުންޑިޖިޓަލް ލައިބްރަރީގެ ހިދުމަތް ތައާރަފުކުރުންމާރުކޭޓުގައި ހުންނަ ތަކެތި ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރުންމީގެ އިތުރުން ވެސް އެކި ދާއިރާތަކުން މާލެ ސިޓީ ކުރިއެރުވުމަށް ގިނަ ވައުދުތަކެއް އެމްޑީޕީން ވަނީ މެނިފެސްޓޯގައި ހިމަނާފަ އެވެ.މާލޭގެ މެނިފެސްޓޯ ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް ދެ ވަނަ ދައުރަކަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، މާލޭގައި ހުރިހާ މައްސަލައެއް އެބައޮތް ކަމަށެވެ. ނަމަވެސް، މިހާ ހިސާބަށް އައީ މި ސިޓީއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވި ކަމަށް އާޒިމް ވިދާޅުވިއެވެ.މާލޭ ސިޓީ ކައުންސިލުގެ މިސްރާބު ހުރީ، ދެމެހެއްޓެނިވި ގޮތުގައި މާލެ ތަރައްގީކޮށް، ފަހި ސިޓީއަކަށް ހެދުމަށް ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރު ކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ، ވިޔަފާރިތަކަށް ތަނަވަސް، ފަހި މާހައުލަކަށް ސިޓީއަކަށް މާލެ ހަދާނެ ކަމަށެވެ.އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މޭޔަރު ކަމާ ހަވާލުވެވަޑައިގަތް އަމާޒު ހިފީ، ލިބޭ އެއްޗަކުން މައްސަލަ ހައްލުކުރުމަށް ކަމަށެވެ. އެގޮތުން، އެ ކައުންސިލަށް ވެސް ލިބުނީ މިހާތަނަށް ލިބެމުން އައި އާމްދަނީ ކަމަށާއި އެ އާމްދަނީ ހޭދަކުރީ، އިސްރާފު ކުރާކަށް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ