އޭއޯ ރޯދައިގެ ބަދިގެ: ބްރެޑް ޕުޑިންގ އޭއޯ ރޯދައިގެ ބަދިގެ: ރައިސް ޕުޑިންގ އޭއޯ ރޯދައިގެ ބަދިގެ: މެލަން މިލްކްޝޭކް އޭއޯ ރޯދައިގެ ބަދިގެ: ޗައިނީޒް ޗިކެން މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި ބިރުވެރި ހާދިސާ 9,000 ރުފިޔާގެ ފްލެޓް 25,000 އަ

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ10 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ފޮނިއެއްޗެއް ކަމަށްވާ “ ސްމޯކްޑް ޓޫނާ ފްރައިޑް ނޫޑުލްސް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
2 ޕެކެޓް މަމީ ނޫޑުލް
1 1/2 ވަޅޯމަސް ކޮށާފައި
2 ފިޔާ ތުނިކޮށް ކޮށާފައި
1 ސަމްސާ އޮއިސްޓާސޯސް
1 ސަމްސާ ސޯޔާސޯސް
ހިކަނދިފަތް
3 ލޮނުމެދު ކޮށާފައި
ކުޅިރަހަ ލާވަރަށް ގިތެޔޮމިރުސް ނޫނީ ހިކިމިރުސް ކޮށާފައި
1 ޖޯޑު ކެރެޓް (ގާނާފައި)
5 ފެހި ބީންސް ކުދިކޮށް ކޮށާފައި ނޫނީ 2 ޖޯޑު ފެހިއޮށް ދަޅު
2 ސަމްސާ ޓޮމާޓޯ ޕޭސްޓް
ތައްޔާރުކުރާނެގޮތް:
އެންމެ ފުރަތަމަ ފެން ހޫނުކޮށްފައި ކެކިގަތީމަ ނޫޑުލްސް ދެޕެކެޓް އަޅާފައި އޭގެތެރޭގައި އޮންނަ ކަރީޕެކެޓުން އެއްޕެކެޓްގެ ދެބައިކުޅެ އެއްބައި އެޅުމަށްފަހު ނޫޑުލް ރޯފިލަންދެން ކައްކާފައި ފެނުންނަގާފައި ބަހައްޓާށެވެ. ދެން ތަވަޔަށް ތެޔޮފޮދެއް އަޅާފައި ފިޔާ، ހިކަނދިފަތް، ލޮނުމެދު އަޅާފައި ފިޔާކޮޅު މޯޅިވާން ފެށީމަ ވަޅޯމަސްކޮޅު އެޅުމަށް ފަހު ކުޑަކޮށް ހަނާކޮށްލާށެވެ. ދެން ކެރޮޓް، މިރުސް އަދި ބީންސް އެޅުމަށްފަހު މަޑުގިނީގައި ދޭފަތުން ހަލުވަމުން ގެންދާށެވެ. ދެން ޓޮމާޓޯ ޕޭސްޓް، އޮއިސްޓާސޯސް، ސޯޔާސޯސް އަދި ނޫޑުލް ޕެކެޓްގެ ތެރޭގައި އޮންނަ ކަރީޕެކެޓުން ރަހަލާވަރަށް ކަރީ އެޅުމަށްފަހު އެއްކޮށްފައި ނޫޑުލްސް އެޅުމަށްފަހު ރަނގަޅަށް ނޫޑުލްސްގައި ސޯސްގަނޑު އެއްވަންދެން ދޭފަތުން އެއްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ