އިސްރާއީލުން މޯދީއަށް ހޫނު މަރުހަބާއެއް ކިޔައިފި

ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާގެ ބޮޑުވަޒީރު މިއަދު އިސްރާއީލަށް ވަޑައިގަންނަވައިފިއެވެ.
ތެލް އަވީވްގެ މައި އެއާޕޯޓުން މޯދީއަށް މަރުހަބާ ދަންނަވާފައިވަނީ، އިސްރާއީލްގެ ބޮޑުވަޒީރު، ބެންޔަމިން ނަތަންޔާހޫ އާއި އޭނާގެ އަންހެނުން ސާރާ ނަތަންޔާހޫ އެވެ.
މޯދީ އިސްރާއީލަށް މި ވަޑައިގެންނެވީ ދެ ދުވަހުގެ ރަސްމީ ދަތުުރުފުޅެއްގައެވެ. މި ދަތުރުގައި އިސްރާއީލާ އިންޑިއާ އާ ދެމެދު އެކި ދާއިރާތަކުން ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމާފައެވެ.
މީގެ ތެރޭގައި އިގްތިސާދީ އަދި ސިޔާސީގޮތުން އެއްބަސްވުންތައް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި ހައި-ޓެކް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުއަންޓަމް ޓެކްނޮލޮޖީގެ ރޮނގުންވެސް އެއްބަސްވުންތައް ހެދިގެންދާނޭކަމަށް ބުންޏެވެ. މީގެ އިތުރުން ހަނގުރާމަވެރި ހަތިޔާރު ގަތުމާގުޅޭ އެއްބަސްވުމުގައިވެސް ސޮއިކުރުމަށް ނިންމާފައިވާކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ. 
މިގޮތުން އިންޑިއާ އާއި އިސްރާއީލާ ދެމެދު ވެވުމަށް ނިންމާފައިވާ އެއްބަސްވުންތަކުގެ ރަސްމީ ވާހަކަތައް މިއަދު ފަށާނޭކަމަށްވެސް އިސްލާއީލް މީޑިއާތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ