ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %3 އިތުރުވެ، 762 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްޓީއޯގެ 2025ގެ ހަތަރު ވަނަ ކުއާޓަރުގެ ހިސާބުތައް ވަނީ މިދިޔަ ހުކުރު ދުވަހު އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ.
ތަފްސީލް - އެ ހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު:
ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބުނު؛ ކުރީ އަހަރާ އަޅާބަލާއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެއް
ޓެކްސްއަށް ކެނޑުމުގެ ކުރިން 910 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު
ސާފު ފައިދާގެ ގޮތުގައި ލިބުނީ 762 މިލިއަން ރުފިޔާ؛ ކުރީ އަހަރާ އަޅާބަލާއިރު %3 އިތުރު
މިދިޔަ ކުއާޓަރުގެ ހިސާބުތަކަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ވަނީ 4.1 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު %8 އިތުރު އަދަދެކެވެ.
"ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުމެވެ. އެގޮތުން، ތެލުގެ އާމްދަނީ %4 އިން އިތުރުވެފައިވާއިރު، އެހެނިހެން އާމްދަނީ ވަނީ %19 އިން އިތުރުވެފަ އެވެ،" އެސްޓީއޯ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ލިބުނު ފައިދާއަށް ބަލާއިރު:
ޖުމްލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބުނު؛ ކުރީ ކުއާޓަރާ އަޅާބަލާއިރު %11 އިތުރު
ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %11 އިތުރުވެ، 322 މިލިއަން ރުފިޔާ ލިބުނު
ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރުމާ އެކު، ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފައި؛ މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު %20 އިތުރު އަދަދެއް
ސާފު ފައިދާގެ ގޮތުގައި 244 މިލިއަން ރުފިޔާ ލިބުނު
އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާ %3 އިތުރުވެ، 762 މިލިއަނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ