ރާއްޖޭގައި މިވަގުތު ރެޖިސްޓްރީކޮށްގެން ހިންގާ ހުރިހާ މީޑިއާތަކުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ދަފްތަރު އާ ކުރުމަށް 6 މަސްދުވަހުގެ މުހުލަތެއް ދީފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ މީޑިއާތައް ރެޖިސްޓްރީ ކުރުމުގެ ގަވާއިދުގައި ބުނާގޮތުން، މިޤަވާއިދުގެ ބޭނުމަށް ކުރިން ރަޖިސްޓްރީކުރެވިގެން ހިންގަމުންދާ އެންމެހައި ނޫސް މަޖައްލާ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ޤަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީގެ ރިކޯޑު އަދާހަމަކުރުމަށް ވަނީ އަންގާފައެވެ. ރިކޯޑު އަދާހަމަކުރުމަށް އެދި ހުށަހަޅާނެ ފޯމުވެސް ޤަވާއިދުގައި ވަނީ ހިމަނާފައެވެ. އަދި މިގޮތަށް އަދާހަމަ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް ޤަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
އަލަށް އެކުލަވާލެވުނު ގަވާއިދު ބުނާގޮތުން، ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތަކީ 5 އަހަރު ދުވަހެވެ. އޭގެ ފަހުން ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅަން ޖެހެއެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައު ކުރުމަށް ހުށަހެޅުމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން ނޫސްމަޖައްލާ ޝާއިއުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލްވާނެކަމަށް މި ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
މިހާރު އަމަލުކުރަން ފަށާއފައިވާ މިގަވާއިދުގައި ބުނާގޮތުން، ނޫސް މަޖައްލާގެ ޚިދުމަތް ދިނުމަށް ބޭނުންކުރެވިދާނެ ވަސީލަތްތައް ކަމަށް ބަޔާންކޮށްފައިވަނީ، ޕްރިންޓް ކޮށްގެން ހިންގާ މީޑިއާތަކާއި، ވެބްސައިޓްގެ ޒަރީއާއިން ހިންގާ މީޑިއާތަކާއި، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިންގާ މީޑިއާތަކާއި، އެޕްލިކޭޝަނާއި އަދި އިލެކްޓްރޯނިކް މީޑިއާ އެވެ.
މީޑިއާ ކޮމިޝަންގެ ދަފްތަރު އާކުރަން ހުރިހާ މީޑިއާއަކަށް 6 މަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ