އައްޑޫ ސިޓީ ފޭދޫ ސްކޫލުގެ ލައިބްރަރީގައި ހުރި އެއާކޮންޑިޝަނަރެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 8:20 އެހާއިރުއެވެ. އަލިފާން ނިއްވާލުމަށް ކުރި މަސައްކަތުން ހެނދުނު 9:00 ޖަހަން އުޅެނިކޮށް އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ލައިބްރަރީގެ އިމާރާތަށާއި އެތަނުގައި ހުރި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން އެތަނުގައި ހުރި ގިނަ އަދަދެއްގެ ފޮތްތައް އަނދާފައިވާކަން ސިފައިން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.
މީގެ އިތުރުން، ލައިބްރަރީގައި ހުރި އަލަމާރިތަކާއި، ދޮރުތަކުގެ އިތުރުން އޭސީ ޔުނިޓް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހަލާކުވެފައެވެ.
އައްޑޫ ފޭދޫ ސްކޫލު ލައިބްރަރީގައި އަލިފާން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ