ލިއޯ ސްޓޯސްއާ ގުޅިގެން، ހެމްޕަލްގެ ތަމްރީނުތަކެއް ރާއްޖޭގައި ބާއްވަނީ

ދުނިޔޭގެ މަޝްހޫރު ހެމްޕަލް ކުންފުނީގެ އިސް އޮފިޝަލުންތަކެއް ދާދި ފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އިމާރާތްތަކުގައި ކުލަލާއިރު ބޭނުންކުރުމަށް، ގިނަ އަދަދެއްގެ ދިވެހީން ވެސް އިތުބާރު ކުރާ އެ ބްރޭންޑުގެ، ރާއްޖޭގެ އޮތޮރައިޒްޑް ޕާޓްނަރުގެ ހައިސިއްޔަތުން ލިއޯ ސްޓޯސް އެންޑް ސަޕްލައިސްއިން ވަނީ ހެމްޕަލްގެ ޓީމުތަކަށް މަރުހަބާ ކިޔައިފައެވެ. އެ ޒިޔާރަތުގައި، ހެމްޕަލްގެ ފަންނީ އަދި މެނޭޖީރަލް ޓީމުތަކެއް ބައިވެރިވެފައިވެއެވެ. އަދި އެ ޓީމްތަކުން ވަނީ ރާއްޖޭގެ ބައެއް ކުންފުނިތަކާއެކު ބައްދަލުވުންތައް ބާއްވައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ: އެލިއާ ކޮންސްޓްރަކްޝަން ދިރާގު ދޮންމޫ އިންވެސްޓްމެންޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން އުރީދޫ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ފިއުލް ސަޕްލައިސް މޯލްޑިވްސް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން އަމީން ކޮންސްޓްރަކްޝަން އައިމާ ކޮންސްޓްރަކްޝަން ފެނަކަ ކޯޕަރޭޝަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް މޯލްޑިވްސް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަން އެމްޓީ ހޮގާޑް އެ ބައްދަލުވުންތަކުގެ ބޭނުމަކަށްވީ، ހެމްޕެލްގެ އުފެއްދުންތަކަށް ދިވެހި ކުންފުނިތައް އިތުރަށް އަހުލުވެރި ކުރުވުމެވެ. އެ ޓީމުތަކުން ވަނީ، އިމާރާތްތައް އަލިފާނުން ރައްކާތެރިކުރުމުގެ މުހިންމުކަމަށް އަލި އަޅުވާލައި، އެކަމަށް ޚާއްސަކޮށްފައިވާ ކުލައާ ގުޅޭ މައުލޫމާތު ދީފައެވެ. އަދި ދަބަރުން ރައްކާތެރިކުރާ، އެންޓި-ކޮރޯޝަން އަދި އެންޓި-ރަސްޓް ކުލައާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. ހަމައެއާއެކު، ހެމްޕެލްގެ ތަޖުރިބާތަކަށް ބިނާކޮށް، ކުލަލުމުގައި ސަމާލުވާން ޖެހޭ ކަންކަމަށް ވެސް އެ ކުންފުނިން އަލިއަޅުވާލިއެވެ. ހެމްޕެލްއިން ރާއްޖޭގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން -- ރައްކާތެރިކަމުގެ ކޯޓިންތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ކަމަށްވާ ހެމްޕަލްގެ ކުލަތަކަކީ، އޭގެ ފެންވަރާއި ދެމެހެއްޓެނިވިކަމާއި ޒަމާނީ ކަމަށް މަޝްހޫރު އުފެއްދުންތަކެވެ. ހެމްޕަލްއިން ރާއްޖޭގައި ގާއިމުކުރާ ޕާޓްނާޝިޕްގެ ދަށުން، އެ ކުންފުނިން އުއްމީދުކުރަނީ ރާއްޖޭގައި އެ ކުންފުނިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އެންމެންނަށް ވެސް އެންމެ ރަނގަޅު އުފެއްދުންތައް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ހެމްޕަލް ކޯޓިން އެޑްވައިޒަރުން މެދުވެރިކޮށް، އެ އުފެއްދުންތައް ބޭނުންކުރަންވީ އެންމެ ރަނގަޅު ގޮތްތައް ކިޔައިދިނުމަށް އެ ކުންފުނިން ވަނީ ތައްޔާރުވެފައެވެ. ހެމްޕަލް ކޯޓިން ބޭނުންކުރުމަކީ ފަންނީ ކަމެއް ކަމަށްވުމުން، ހެމްޕަލްއާއި ލިއޯ ސްޓޯސްއިން އަންނަނީ، ލިއޯގެ މުވައްޒަފުން ވެސް އެ އުފެދުންތަަކަށް ހޭލުންތެރިކޮށް ތަމްރީނުކުރަން މަސައްކަތް ކުރަމުންނެވެ. އޭގެ ބޭނުމަކީ، ރާއްޖޭން ވެސް ވީހާވެސް އަވަހަށް، ފަސޭހަކޮށް، ހެމްޕަލްގެ އުފެއްދުންތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ހެމްޕަލްގެ ކުލަތަކާއި ބޭނުންކުރާނެ ގޮތާ ގުޅޭ ގޮތުން ތަމްރީނުވުމަށް، އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ލިއޯ ސްޓޯސްއިން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިއޯ ސްޓޯސްގެ ނަންބަރު 9558949އަށް ގުޅުމުން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެއެވެ. އަދި ހުޅުމާލޭ ހައިވަކަރު މަގުގައި ހުންނަ ލިއޯ އޮފިސް ކޮމްޕްލެކްސްގެ ލިއޯ ސްޓޯރަށް ޒިޔާރަތް ކުރުމުން ވެސް މައުލޫމާތު ފޯރުކޮށްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ